logo minivan

English

ހޯމަ, 25 ނޮވެމްބަރ 2024

މާފުށީ ޖަލުގައި މެޓަލް ޑިޓެކްޓަރު ހަރުކޮށްފި

ވަގަށް ޖަލަށް ވައްދާ ތަކެތި ވެއްދުން ހުއްޓުވުމަށް ހާއްސަ ދެ މެޓަލް ޑިޓެކްޓަރު މާފުށީ ޖަލުގައި ހަރުކޮށްފިއެވެ.

މިކަން ހާމަކުރައްވައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މާފުށީ ޖަލުގައި މެޓަލް ޑިޓެކްޓަރުތައް ހަރުކުރީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށާއ އަދިި އަންނަ މަހުގެ ތެރޭގައި ބޮޑީ ސްކޭނިން މެޝިނެއް ވެސް ބެހެއްޓުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އިހްސާން ވިދާޅުވީ، ކޮންމެ ގޮޅިއެއްގައި އެވްރޭޖްކޮށް ފޯނާއި، މަސްތުވާތަކެތި ފެންނަ ކަމަށާއި، އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ޖަލުގައި އަޅަމުންދާ ކަމަށެވެ.

ޖަލުގައި ހުރި އެ މައްސަލަތައް ހައްލު ވުމުން މުޖުތަމައު ތެރޭގައި ހުރި ސްކޭމް ކޯލްތައް ހުއްޓުވުމަށް ކުރާ މަސައްކަތްކަން ފަހަގަކުރައްވަމުން އިހްސާން ވިދާޅުވީ، އެ މައްސަލަ ހައްލު ކުރުމަށް ބޭންކާއެކު ރަނގަޅު އެއްބަސްވުމެއް ހަދައިގެން ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ސްކޭމްތަކަށް ހާއްސަ ސެންޓަރެއް ފުލުހުންގެ ސްޓްރެޓިކް ތެރޭގައި ވަނީ ގާއިމްކުރެވިފައި،" މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، މީހާގެ ފައިސާ ފޭރިގަންނަ ހާލަތުގައި އެ ފައިސާ ރިކަވާ ކުރެވޭނެ މަގު ހޯދުމަށް ޕްރޮޓޮކޯލްސްތައް ހަދަމުންދާ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *