logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024
ވަވައްޗަށް ލެއްގި ޑިންގީ

ސޯމާލިއާގެ ތިން މީހަކު ތިބި ޑިންގީއެއް ވަވައްޗަށް ލައްގައިފި

ސޯމާލިއާއަށް ނިސްބަތްވާ ތިން މީހަކު ތިބި ޑިންގީއެއް ނ.އަތޮޅު ފަޅުރަށެއް ކަމަށްވާ ވަވައްޗަށް ލައްގައިފިއެވެ.

"އަރްމާޖޯ 1″ ނަމަކަށް ކިޔާ ޑިންގީއެއް ތިން މީހުންނާއެކު އެ ރަށަށް ލައްގާފައިވާކަމަށް ފުލުހުންވެސް ވަނީ މީޑިއާތަކަށް ޔަގީންކޮށްދީފައެވެ. ނަމަވެސް މި ޑިންގީގައި ތިބި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޑިންގީގައި ތިއްބާ ނަގާފައިވާ ފޮޓޯތަކަށް ބަލާއިރު، އެމީހުންގެ ހާލު ރަނގަޅުކަމަށް ފެނެއެވެ.

މި ތިންމީހުންވެސް މިހާރު ތިބީ ދިވެހި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައެވެ.

ރާއްޖެއަކީ ސޯމާލިއާ އާ ކައިރީގައި އޮންނަ ޤައުމެއްކަމުން ބެހިގެންނާއި އެނޫންވެސް ގޮތްގޮތުން މީގެ ކުރިންވެސް ވަރަށްގިނައިން ސޯމާލިއާ މީހުންގެ އުޅަނދުތައް ރާއްޖެ ސަރަހައްދަށް ބެހިެގން ނަމަވެސް ވަނުމަކީ އާއްމުކަމެކެވެ. މީގެ ތެރެއިން އަންނަ ބައެއް މީހުން ރާއްޖެ ގެނެސް އަނބުރާ ސޯމާލިއާއަށް ފޮނުވާލާފައިވެސް އެބަހުއްޓެވެ. ސޯމާލިއާގެ އިރަށް އިންޑިއާ ކަނޑުން އެންމެ ކައިރީގައި އޮންނަނީ ދިވެހިރާއްޖެއެވެ.

ސޯމާލިއާއަކީ އިޤްތިސާދީ ހާލަތު އެންމެ ދަށް އެއް ޤައުމެވެ. ސޯމާލިއާ ކަނޑުގެ ސަރަހައްދަކީ ކަނޑުފޭރުމުގެ ހާދިސާތައް އެންމެ ގިނައިން ހިނގާ އެއް ސަރަހައްދެވެ. ސޯމާލިއާގެ ކަނޑު ފޭރޭމީހުން ކުދި ޑިންގީތަކުގައި ހަތިޔާރާއެކު ގޮސް މުދާ އުފުލާ ބޯޓުތަކާއި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ފޭރުމަކީ ވަރަށް އާއްމުކަމެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *