logo minivan

English

އާދިއްތަ, 24 ނޮވެމްބަރ 2024

ފުލުހުންގެ އެހީތެރިކަމާއެކު ފިޝަރީޒް ކޮމްޕްލެކްސްއަށް އެންމެފަހުން ކަރަންޓްދީފި

އައްޑޫސިޓީގައި މަސްވެރިން ކުރަމުންގެންދާ މުޒާހިރާގެ ތެރެއިން ކަރަންޓް ކަނޑާލި، ފިޝަރީޒް ކޮމްޕްލެކްސްއަށް ކަރަންޓްދީފިއެވެ.

މިނިވަންއަށް މައުލޫމާތު ހިއްސާކުރި މިފްކޯގެ އޮފިޝަލަކު ވިދާޅުވީ ކޮމްޕްލެކްސްއަށް ކަރަންޓް ދެވޭވަރުވީ، މިއަދު ހަވީރުގެ ވަގުތެއްގައި ފުލުހުންގެ އެހީތެރިކަމާއެކު ކަމަށެވެ. ފިޝަރީޒް ކޮމްޕްލެކްސްއިން ކަރަންޓް ކަނޑާލާފައިވަނީ މަސްވެރިން ކުރަމުންގެންދާ މުޒާހިރާގެ ތެރެއިންނެވެ. ކަރަންޓް ކަނޑާލުމުގެ ސަބަބުން ތަނުގެ އޮޕަރޭޝަންތައް ހުއްޓިފައިވާއިރު، މިހާތަނަށްވެސް ތަނުގެ އޮޕަރޭޝަން ނުފެށި އޮތީ އެތަނުގައި އިހުތިޖާޖުކުރަމުންގެންދާ މަސްވެރިން އެކަމަށް ފުރުސަތު ނުދިނުމުންނެވެ.

މިކަމާ ގުޅޭގޮތުން މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފިޝަރީޒް ކޮމްޕްލެކްސްއިން ކަރަންޓް ކަނޑާލުމުން މުއައްޒަފުން ނިދުމަށާއި އެނޫންވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާކަމަށެވެ. މިފްކޯއިން ބުނީ އިހުތިޖާޖުކުރި މީހުންގެ ތެރެއިން ބައެއްމީހުން ކޮމްޕެލެކްސްތެރެއަށް ވަދެ ތަނުގެ މުދަލަށްވެސް ގެއްލުންދީފައިވާކަމަށެވެ. މިގޮތުން މުއައްޒަފުން ނޫން މީހުން ވަނުން މަނާ ސަރަހައްދުތަކަށްވެސް ވަދެފައިވާކަމަށް މިފްކޯއިން ބުންޏެވެ.

މަސްވެރިންނަށް ފައިސާ ދިނުން ލަސްވާ މައްސަލާގައި އައްޑޫސިޓީގައި އިހުތިޖާޖުކުރަން ފަށާފައިވަނީ މިދިޔަ ހުކުރުދުވަހުން ފެށިގެންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *