logo minivan

English

ހޮނިހިރު, 06 ޖުލައި 2024

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މަސްވެރިންނަށް މިހާތަނަށް 933 މިލިއަން ރުފިޔާ ހަރަދުކުރިން: ޝިޔާމް

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު މިއަދާހަމަޔަށް މަސްވެރިންނަށް މިހާތަނަށް 933 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހައުސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީހުރި ފައިސާ އާއެކު 270 މިލިއަން ރުފިޔާ ދީފައިވާކަމަށެވެ. މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސް ކިރުވުމަށްފަހު ނުދީހުރި 270 މިލިއަން ރުފިޔާ އާއެކު ސަބްސިޑީވެސް ހިމަނައިގެން މަސްވެރިންނަށް މިހާތަނަށް 933 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެމްޑީޕީ ސަރުކާރުން މަސްވެރިން ކިރުވިމަހަށް ފައިސާ ދީފައިވަނީ ފައިސާ ޗާޕްކޮށްގެން ކަމަށާއި، އެއީ އެކަން ކުރަންވާ ގޮތްނޫންކަމަށެވެ. އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައިރު، ފައިސާ ޗާޕްކޮށްގެން މަސްވެރިންނަށް 9 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މިކަމުގެ ސަބަބުން ޤައުމުގެ ދަރަނި ނިހާޔަތަށް މައްޗަށްގޮސްފައިވާކަމަށެވެ.

އިތުރު ތަފްސީލް އަންނަނީ…

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *