logo minivan

English

ހުކުރު, 23 އޯގަސްޓް 2024

ހައްޖުވެރިން އަންނާތީ ތޮއްޖެހުން ކުޑަކުރުމަށް ކުރިއާލައި އެއާޕޯޓަށް ދާން އެދެފި

ރާއްޖެއިން ހައްޖަށްދިޔަ ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު މިއަދު ރާއްޖެ އަންނައިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބާރުބޮޑުވާނެތީ ދަތުރުކުރާ ފަރާތްތަކުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެއާޕޯޓްސް ކޮމްޕެނީ، (އެމްއޭސީއެލް) އިން އެދިއްޖެއެވެ.

އެކަމާ ގުޅިގެން އެމްއޭސީއެލުން "އެކްސް" ގައި ކުރި ފޯސްޓެއްގައި ބުނީ، ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު ރާއްޖެ އަންނާތީ އެއާޕޯޓް ތޮއްޖެހި ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީ ދަތުރުކުރާ މީހުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން އެ ކޮންޕެނީން އެދޭ ކަމަށެވެ.

"ތިން ގަޑިއިރު ކުރިން ވަޑައިގެން މުވައްޒަފުންގެ އިރުޝާދުތަކަށް ތަބާވުމުން އޮމާން ތަޖުރިބާއެއް ކުރެވޭނެ،" އެމްއޭސީއެލުން ބުންޏެވެ.

ހައްޖުވެރީންގެ ފުރަތަމަ ފްލައިޓް މިއަދު ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، ދެން އަންނާނީ މި ހަފުތާގެ ހުކުރު ދުވަހުއެވެ. އެއަށްފަހު އަންނަ މަހުގެ އެއްވަނަ ދުވަހު ފްލައިޓެއް އަންނަން ހަމަޖެހިފައިވާއިރު، އެންމެ ފަހު ފްލައިޓް އަންނާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.

އެގޮތުން، ހައްޖުވެރިން އެނބުރި އަންނަ ދުވަސްވަރާ ދިމާކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވަނީ ބަލިތައް ގިނަވެދާނެތީ ސަމާލުވާން ވެސް އިލްތިމާސްކޮށްފައެވެ.

މިއަހަރު ރާއްޖެއިން 1150 މީހުން ހައްޖަށް ދިޔައެވެ. އޭގެ ތެރެއިން ރ. ހުޅުދުއްފާރަށް ނިސްބަތްވާ އަންހެން ހައްޖުވެރިއަކު ވަނީ ނިޔެވާފައެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ވަނީ ހައްޖަށް ދިއުމުގެ ތަނަވަސްކަން ނެތް ނިކަމެތިން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން 50 މީހުން ހައްޖަށް ގޮސްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *