logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އެންޑީއޭގެ ޗެއާޕާސަނަކަށް ލުބުނާ

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑު އަލުން އެކުލަވާލައި ޗެއާޕާސަންގެ މަގާމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު ހުސެއިން އައްޔަންކޮށްފި އެވެ.

10 މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ބޯޑަށް ލުބުނާ އައްޔަންކޮށްފައި ވަނީ ހޯމް މިނިސްޓްރީ ތަމްސީލުކުރައްވާ ފަރާތެއްގެ ހަސިއްްޔަތުންނެވެ. އަދި ބާކީ ތިބި ބޯޑުގެ މެމްބަރުން ވެސް އައްޔަންކޮށްފައިވަނީ އެ ބޭފުޅަކު ނިސްބަތްވާ ދާއިރާ ތަމްސީލުކުރާ މެމްބަރެއްގެ ހައިސިއްޔަތުންނެވެ.

މީގެ އިތުރުން އެ ބޯޑުގައި ހިމެނޭ މެމްބަރުންނަކީ:

  • ހެލްތު މިނިސްޓްރީ – އެ މިނިސްޓްރީގެ ނައިބު އިސްމާއިލް ޒާހިރު
  • އެޑިއުކޭޝަން މިނިސްޓްރީ – އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް ފާތިމަތު އައްޒާ
  • ރައީސް އޮފީސް – ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކިއުރިޓީ ފޯ ޕަބްލިކް ޕޮލިސީ ޝިބާނާ އަބްދުﷲ ދީދީ
  • ޔޫތު މިނިސްޓްރީ – އެ މިނިސްޓްރީގެ ނައިބު އިސްމާއިލް ރަޝީދު
  • ޑިފެންސް މިނިސްޓްރީ – ލެފްޓިނަންޓް ކާނަލް އާމިނަތު ޝުމްރާ

  • ފުލުހުން – ޗީފް ސްޕްރިންޑެންޓް އަހްމަދު ޝާކިރު
  • ކަސްޓަމްސް – ޑެޕިއުޓީ ޗީފް ސްޕްރިންޑެންޓް އަހްމަދު ސިމާހް
  • އިމިގްރޭޝަން – ޗީފް ސްޕްރިންޑެންޓް އޮފިސަރު ސީނީޒް އަލީ
  • މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ އަމިއްލަ ޖަމާއަތެއް ތަމްސީލުކުރާ ބޭފުޅެއްގެ ހައިސިއްޔަތުން – ޖާނީ ޖަމިއްޔާގެ ފަރާތުން އަހްމަދު އަބްދުއްސައްތާރު

ހޯމް މިނިސްޓްރީން ބުނި ގޮތުގައި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބޯޑު އަލުން އެކުލަވާލާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ