logo minivan

English

ހޮނިހިރު, 06 ޖުލައި 2024

މިފްކޯއިން ކިރުވިމަހަށް މާދަމާއިން ފެށިގެން ފައިސާ ދޫކުރަން ފަށަނީ

ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން މަސްވެރިންގެ އަތުން ގަނެފައިވާ މަހަށް، މާދަމައިން ފެށިގެން ފައިސާ ދޫކުރަން ފަށާނޭކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިފްކޯއަށް ކިރުވާފައިވާ މަހަށް ފައިސާ ދޫކުރުމުގެ ކަންކަން ސަރުކާރާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. މިގޮތުން މިކަމުގައި ސަރުކާރާއެކު އެދެވޭފަދަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ އެކުންފުނިން ބޭރުގެ މާކެޓަށް މަސް ވިއްކައިގެން ލިބޭ އާމްދަނީއަށްވުރެ މަސްވެރިންއަތުން މަސް ގަނެ ޕްރޮސެސްކުރުމަށް ކުރާ ހޭދަ ނިސްބަތުން ބޮޑުކަމަށެވެ. އެހެންވުމުގެ ސަބަބުން މިފްކޯއަށް ބޭނުންވާ ފައިސާ މިހާތަނަށްވެސް ހޯދާފައިވަނީ ލޯނު ނަގައިގެންނާއި، ސަރުކާރުގެ ތެރެއިންކަމަށް މިފްކޯއިން ބުނެއެވެ.

މި ބަޔާނުގައި މިފްކޯއިން ބުނީ މަސްވެރިންނަށް މާދަމާ ދޫކުރުމަށް ނިންމާފައިވާ ފައިސާ އާއެކު ސަރުކާރުން މިހާތަނަށް މަސްވެރިންނަށް ކުރި ހޭދަ ޖުމްލަ 353 މިލިއަން ރުފިޔާއަށް އަރާނޭކަމަށެވެ. މިގޮތުން މާދަމާ ދޫކުރެވޭ ފައިސާގެ ތެރޭގައި މިހާތަނަށް ދައްކަންއޮތް 52 މިލިއަން ރުފިޔާގެ އިތުރުން މިދިޔަ ދެ ހަފްތާގެ ތެރޭގައި މަސްވެރިން ކިރުވިމަހަށް ދޭންޖެހޭ ފައިސާ ހިމެނޭކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނީ ބައިނަލްއަޤްވާމީ ބާޒާރުގައި މަހުގެ އަގުތައް ހުރިގޮތަށް ނުބަލައި މަސްވެރިންގެ އަތުން މަސްގަތުމަކީ ދެމެހެއްޓެނިވި ގޮތަކަށް ވިޔަފާރީގެ އުސޫލުން ކުރެވޭނޭ ކަމެއް ނޫންކަމަށާއި، މަސްވެރިންގެ އަތުން މަސް ގަންނަމުން އައި އުސޫލު މުރާޖައާކުރުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން މިފްކޯއިން އަންނަ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މަސްވެރިންގެ އަތުން މަސް ގަންނާނީ ބައިނަލްއަޤްވާމީ ބާޒާރުގައި މަހުގެ އަގުތައް ބެލުމަށްފަހު، ކޮންމެ ހަފްތާއަކު މަސް ގަންނާނެ އަގުތައް ކަނޑައަޅައި އިއުލާނުކުރުމަށްފަހުކަމަށްވެސް މިފްކޯގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިފްކޯއިން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ހަރަދުކުޑަކުރުމުގެ ސިޔާސަތަށް އެކުންފުުނިން ތާއީދުކޮށް ކުންފުނިންވެސް ހަރަދުތައް ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *