logo minivan

English

ހޮނިހިރު, 06 ޖުލައި 2024

އުތުރު ކޮރެއާއިން ދެކުނު ކޮރެއާއަށް ދެ ބެލިސްޓިކް މިސައިލް ފޮނުވާލައިފި

އުތުރު ކޮރެއާއިން ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށް ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ދެކުނު ކޮރެއާގެ އަސްކަރީ ޖޮއިންޓް ޗީފް އޮފް ސްޓާފް ގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރު ރާސްތާގެ ބެލިސްޓިކް މިސައިލެއް ފޮނުވާލާފައިވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭގެ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓު ފަހުން ދެވަނަ މިސައިލެއް ފެނިފައިވާ ކަމަށާއި، މިއީ މީގެ ކުރިން ދެނެގަނެވިފައި ނުވާ ބާވަތެއްގެ މިސައިލެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން އެ ހާދިސާތަކުގެ މައުލޫމާތު އެމެރިކާ އާއި ޖަޕާނާ ހިއްސާކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް އުތުރު ކޮރެއާގެ ރަސްމީ ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން މި މިސައިލް ހަމަލާތައް ދިންކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މިދިޔަ ހަފުތާގައިވެސް އުތުރު ކޮރެއާއިން ވަނީ ގިނަ ވޯހެޑްތައް އުފުލޭ ބާވަތުގެ މިސައިލެއް ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައެވެ. ދެ ކޮރެއާގެ ގުޅުން މިފަހަކަށް އައިސް އެންމެ ދަށަށް ގޮސްފައިވާ ދަނޑިވަޅުގައި އުތުރު ކޮރެއާއިން ވަނީ ހަތިޔާރު ޓެސްޓްކުރުން އިތުރުކޮށްފައެވެ. އަދި ބެލޫން ތަކެއްގައި ދެކުނު ކޮރެއާއަށް ކުނި އަޅާފައިވާ ބެލޫންތަކެއްވެސް އުތުރު ކޮރެއާއިންވަނި ފޮނުވާލާފައެވެ. އުތުރު ކޮރެއާއިން ބުނެފައިވަނީ އެ ބެލޫންތަކަކީ ދެކުނުކޮރެެއާގެ އެކްޓިވިސްޓުން އުތުރުކޮރެއާއަށް ފޮނުވި ސަރުކާރާ ދެކޮޅު ޕްރޮޕެގެންޑާ ލީފްލެޓްތައް ބަރުކޮށްފައިވާ ބެލޫންތަކުގެ ބަދަލު ހިފުމުގެ ގޮތުން ދިން މެސެޖެއް ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *