logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ސިހުރުގެ މައްސަލަ ހުށަހެޅުއްވީ ރައީސެއްނޫން: ތަރުޖަމާނު ހީނާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް ސިހުރު ހެއްދެވިކަމަށް ބުނާ މައްސަލަ ކަމާބެހޭ މުއައްސަސާއަށް ހުށަހެޅުއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ނޫންކަމަށް އެމަނިކުފާނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މި މައްސަލާގައި ހީނާ ވަނީ މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވާފައެވެ. ހީނާ ވިދާޅުވީ، ސިހުރު މައްސަލާގައި ރައީސުލްޖުމްހޫރިއްޔާގެ އާއިލާއާ ގުޅުވައިގެން މީޑިއާގައި ފަތުރަމުންރަމުންދަނީ އެއްވެސް އަސާސެއްނެތް ވާހަކަތަކެއް ކަމަށެވެ. މިގޮތުން ހ.މެލްބަން، ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް އާއި އިތުރު 2 މީހަކު ބައިވެރިވެގެން ސިހުރު ހަދާކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ތަޙްޤީޤްކުރާ މައްސަލައާއި އެނޫންވެސް މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ރައީސްގެ އާއިލާއިން ފުލުހުންގެ އިދާރާއަށް ހުށަހަޅާފަ ނުވާކަމަށް ހީނާ ވިދާޅުވިއެވެ.

މި މައްސަލާގައި ފުލުހުންގެ މީޑިއާ އޮފިޝަލް އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ޝިފާން ވެސް އެކްސްގައި ވަނީ ސިހުރުގެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ރައީސްގެ ފަރާތްޕުޅުން ނޫންކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތުމަތު ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ސަނާ ސަލީމްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 7 ދުވަސް ޖަހާފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ. ބަންދުގެ މުއްދަތު ހަމަވާތީ ކުރިމިނަލް ކޯޓުން މިއަދު ވަނީ އެމީހުން ކޯޓަށް ހާޒިރުކޮށް، ބަންދުގެ މުއްދަތަށް އިތުރު 7 ދުވަސް ޖަހައިދީފައެވެ. ރައީސަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒް ވަނީ މަޤާމުން ސަސްޕެންޑުވެސް ކޮށްފައެވެ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ