logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024
ރައީސް އޮފީސް

ހާރިޖިއްޔާގެ ދަށުން ހިންގަމުން އަންނަ ބައެއް އިދާރާތަކުގެ ނަންތަކަށް ބަދަލު ގެނެސްފި

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ އިދާރާތަކަށް މިހާރު ބޭނުންކުރަމުން އަންނަ ބައެއް ނަންތަކަށް ބަދަލުގެެސްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެތަންތަނުގެ ނަންތަކަށް ބަދަލުގެނެސްފައިވަނީ، ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންކަމަށެވެ. ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ބަދަލު ގެނެސްފައިވަނީ ހުސްވި ޖޫންމަހުގެ 25 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ދިވެހި ނަންތަކަށް ބަދަލުގެނައި އިދާރާތައް:

  • އދ ގައި ހުންނަ ރާއްޖޭގެ ޕާމަނަންޓް މިޝަނަށް ކިޔާ ދިވެހިނަން، "ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން " މި ނަމަށް.
  • ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ނަން "ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން". މި ނަމަށް އަދި
  • ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަން" ގެ ނަން "ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަދި ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައި ހުންނަ މިޝަން" ގެ ނަމަށް ބަދަލުކުރެއްވުން ހިމެނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *