logo minivan

English

ހޮނިހިރު, 06 ޖުލައި 2024

ގެއްލުންވާ ކުންފުނިތައް އުވާލައި، ބައެއް ކުންފުނިތައް އެއްކޮށްލަނީ

ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅެއްގެ ގޮތުން ގެއްލުމުގައި ހިންގާ ސަރުކާރު ކުންފުނިތައް އުވައިލަން ނިންމައި ބައެއް ކުންފުނިތައް އެއްކޮށްލަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި ޕީސީބީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ޔަމީން ވަނީ މިމައުޟޫގައި މައުލޫމާތުތަކެއް ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން ވިދާޅުވީ ފައިދާ ނުވާ ކުންފުނިތަކާއިމެދު އަމަލުކުރާނެ ސްޓޭންޑާޑް އޮޕަރޭޓިންގް ޕްރޮސީޖާ (އެސްއޯޕީ) އެކުލަވާލާފައިވާ ކަމަށެވެ. އަދި އޭގެ ތަފްސީލީ މައުލޫމާތުތައް މިހާރު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އުވައިލާނެ ކުންފުނިތަކާއި އެއްކޮށްލާނެ ކުންފުނިތައް ކަނޑައަޅާފައިވީ ނަމަވެސް އެކުންފުނިތަކުގެ މައުލޫމާތެއް ޔަމީން ހިއްސާ ކުރައްވައިފައެއް ނުވެ އެވެ.

ޔަމީން ވިދާޅުވީ ކުންފުނިތައް ހިންގުމާއި ގުޅޭ މުހިންމު އުސޫލުތައް އެކުލަވައިލުމުގެ މަސައްކަތް މިހާރު ޕީސީބީން ފަށާފައިވާ ކަމަށެވެއެގޮތުން އެ އިދާރާއިން މިވަގުތު އަންނަނީ ކުންފުނިތަކުގެ ޕާފޯމަންސް މޮނިޓަރިން ސިސްޓަމެއް ގާއިމްކުރުމަށް ތައްުޔާރުވަމުން ކަމަށްވެސް ޔަމީން ވަނީ ވިދާޅުވެފަ އެވެ.

ފިނޭންސް މިނިސްޓަރު ޑރމުހައްމަދު ޝަފީގު މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރު ކުންފުނިތަކުގެ އެސެސްމެންޓު މުޅިން ނިންމައި އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށްފަހު ހަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަޅާނެ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *