logo minivan

English

ހޮނިހިރު, 06 ޖުލައި 2024

ރޭގެ މޮޅާއެކު މުޅިި ތުރުކީ އުފަލުން ރޮނީ

އޮސްޓްރިއާގެ މައްޗަށް ކުރިހޯދައި 16 އަހަރު ފަހުން ތުރުކީން ޔޫރޯ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ ނޮކްއައުޓް ބުރުގައި ކުޅުނު އެ މެޗު  ތުރުކީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުން މޮޅުވެ ކުއާޓާއަށް ދަތުރުކުރި ތުރުކީ ވަނީ 2008 ވަ ަ އަހަރު ސެމީ ފައިނަލް ކުޅެފައެވެ. އޭގެ ފަހުން 2012 އަދި 2020 ވަނަ އަހަރު އެ ޓީމު ކޮލޮފައި ނުވެއެވެ. 2016 ވަނަ އަހަރު އެ ޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް މެޗުގެ ފުރަތަމަ މިނެޓުގައި ތުރުކީން ވަނީ ގޯލެއްޖަހައިފައެވެ. އެ ގޯލަކީ  އެ ޓީމަށް ލިބުނު ކޯނަރަކުން  މެރިހް ޑެމިރަލްއެވެ.

ދެވަނަ ހާފުފަށައިގެން އޮސްޓްރާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ފުލުފުލުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 51 ވަނަ މިނެޓުގައި އޮސްޓްރިއާގެ އިތުބާރު ފޯވާޑު މާކޯ އާނައުޓޮވިޗް ތުރުކީ އޭރިއާ ތެރޭގައި ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ދިފާއުކުރީ ތުރުކީ ކީޕަރު މާޓް ގޫނޮކްއެވެ.

އެ ޓީމަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުހިފިގެން އުޅެނިކޮށް ތުރުކީން ވަނީ އެ ޓީމުގެ ދެވަނަ ގޯލުޖަހައި އިތުބާރު ހޯދައިފައެވެ. އެ ޓީމަށް ލިބުނު ކޯނަރަކުން އެ ގޯލު ޖެހީ ފުރަތަމަ ގޯލުވެސް ޖެހި ޑެމިރަލްއެވެ.

ނަމަވެސް ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ އޮސަޓްރިއާއަށް އުންމީދެއް ގެނެސްދިނީ  މެޗުގެ 66 ވަނަ މިނެޓުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މައިކަލް ގްރެގޮރިސްޗެވެ. އޭނާ ޖެހި ގޯލަކީ  އޮސްޓްރިއާގެ މާސެލް ސަބިޓްޒާ ނެގި ކޯނަރު ސްޓެފަން ޕޮސްޗު ބޮލުގަައި ޖެހިފައި އައި ބޯޅަ އެއްފަހަރުން ގޯލަށް ފޮނުވާލައިގެން އޭނާ ކާމިިޔާބުކުރި ގޯލެކެވެ.

އެ މެޗުން މޮޅުވެ ތުރުކީ ކުއާޓާ ފައިނަލަށް ގޮސްފަައިވާއިރު، ކުއާޓާގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ނެދަލެންޑްސްއާއެވެ. ރޭ ކުޅުނު ދެވަނަ ބުރުގެ މެޗުގައި ރުމޭނިއާގެ މައްޗަށް 3-0 ގެ މައްޗަށް ނެދަލެންޑްސްއިން ވަނީ ކުރިހޯދައިފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *