logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ހުޅުމާލެގައި ހުންނަ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމަށް ހުޅުވާލައިފި

ހުޅުމާލޭގައްި ހުންނަ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހައުންސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ ގޮޅި ކުއްޔަށް ދޫކުރެވޭނެ ފަރާތެއް ކަނޑައަޅާނީ ބީލަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށައަޅާ ފަރާތަކަށް ކަމަށެވެ.

އަދި ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހަށް ކަމަށްވާއިރު، ބީލަން ހުޅުވުން އޮންނާނީވެސް ހަމަ އެ ދުވަހު ކަމަށާއި ގޮޅި އިހްތިޔާރުކުރުން އޮންނާނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށް ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 73.33 އަކަފޫޓުގެ 5 ގޮޅި ކަމަށެވެ. އަދި ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށްވާއިރު، މި ގޮޅިތަކުގެ ބީލަން ފެށޭ އަގަކީ މަހަކު 3،500 ރުފިޔާ ކަމަށެވެ.

ބީލަމަށް ފޯމު ހުށައަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:

  • ދިވެހި ރައްޔިތެއްކަމުގައިވުން ނުވަތަ ރަޖިސްޓަރކޮށްފައިވާ ވިޔަފާރިވެރިއެއް ކަމުގައިވުން
  • މީލާދީގޮތުން 18 އަހަރު ފުރިފައިވުން
  • ރަށު މާރުކޭޓުން ގޮޅިއެއް ކުއްޔަށް ހިންގުމުގެ އެއްބަސްވުމެއްގައިވާ ފަރާތެއްކަމުގައި ނުވުން
  • އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ހުރި ފަރާތެއްކަމުގައި ނުވުން

އެޗްޑީސީން ބުނީ ރަށު މާރުކޭޓުން ގޮޅިއެއް ކުއްޔަށް ހިފުމުގެ ފުރުސަތު ލިބިފައިވާކަން އަންގާ ސިޓީ ފޮނުވާ ތާރީހުން ފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައި ލީސް ޑިޕޮސިޓުގެ ގޮތުގައި 3 މަސް ދުވަހުގެ ކުލި ދައްކަންވާނެ ކަމަށެވެ.

އަދި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ރަސްމީ 7 ދުވަސް ތެރޭ ގޮޅި ހަވާލުކުރެވޭނެކަމަށް ވެސް އެކޯޕަރޭޝަނުން ބުނެއެވެ.

ގޮޅިއަށް ބީލަން ހުށައެޅުމަށް، ހުށައަޅަންޖެހޭ ފޯމާއި އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *