logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓް ހުރީ ބޭނުންނުކުރެވޭ ހާލަތުގައި: އެމްއެންޑީއެފް

މިއަދު މެންދުރުގެ ވަގުތެއްގައި އެލްސިއޯން ބޭކަރީ ކައިރީހުރި އިމާރާތެއްގެ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އެ އެޕާޓްމަންޓް ހުރީ ބޭނުންނުކުރެވޭވަރަށް އަލިފާނުގެ އަސަރުކޮށްފައިކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފުލޫނިޔާ މަގުގައި ހުރި އެންޒިއަންގޭގެ ތިންވަނަ ފަންގިފިލާގައެވެ. މި ހާދިސާގައި އެ އެޕާޓްމަންޓުގައި ހުރި ގިނަ އަދަދެއްގެ ހިފާގެންގުޅޭ ތަކެއްޗާއި، ފަރުނީޗަރުފަދަ ތަކެތި ވަނީ އަނދައިގެން ގޮސްފައެވެ. މި ހާދިސާގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ހާދިސާގައި އަސަރުކުރި 4 މީހަކަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.

Image
އެންޒިއަންގޭގެ ތިންވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން… ފޮޓޯ/ އެމްއެންޑީއެފް
Image
އެންޒިއަންގޭގެ ތިންވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން… ފޮޓޯ/ އެމްއެންޑީއެފް

މި ހާދިސާގައި ދެ މީހަކަށް އަނިޔާވެފައިވާއިރު، ދުމުގެ އަސަރުކޮށްގެން ބައެއް މީހުނަށް އައިޖީއެމްއެޗްގައި ފަރުވާ ދެވުނުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *