logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ސަރުކާރުން ދެބޯގެރި ދުއްވުން ހުއްޓާލުމަށް ފައްޔާޒް ގޮވާލައްވައިފި

ސަރުކާރުން ދެބޯގެރި ދުއްވުން ހުއްޓާލައި އިގްތިސާދު ރަނގަޅުކުރުމަށް މިހާރުން މިހާރަށް ކުރެވެންހުފި ކަންކަން ކުރުމަށް އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒު އިސްމާއިލް ގޮވާލައްވައިފިއެވެ.

ފައްޔާޒް މިގޮތައް ގޮވާލައި ސޯޝަލް މީޑިއަ ޕްލެޓްފޯމް އެކްސް ގަސި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކައުންސިލް މެންބަރުންގެ އަދަދު މަދުކުރުމާއި މަޖިލިސް މެންބަރުންގެ އަދަދު މަދުކުރުން ފަދަ ކަންކަން ކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަން ޖެހޭނެކަމަށެވެ.

އަދި އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ މާލީ ހާލަތު ރަނަގަޅުކަމަށް ވަޒީރުން ވިދާޅުވާއިރު، ރައްޔިތުން ހިތިބޭސް ބޯންޖެހޭނެކަމަށް ސަރުކާރުން ބުނަމުން ދިއުމަކީ އިގްތިސާދު  ރަނަގު ހާލަތުގައި ހުރިނަމަވެސް ރައްޔިތުންނާއި އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއްކަމުގައި އެވެ.

އިތުރަށް ފައްޔާޒް ވިދާޅުވެފައިވަނީ ބޭރުގަ ކިޔަވަން ތިބި ފަރާތްތަކާއި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ދޭނެގޮތެއް ސަރުކާރުން ބުނަންޖެހޭ ކަމަށާއި، ކައުންސިލަރުން މަދުކުރާވާހަކަ ދެއްކުމުގެ ކުރިން ރައީސް ވިދާޅުވި ގޮތައް ސިޔާސީ މުވައްށަފުންގެ އަދަދު މަދުކުރަންޖެހޭ ކަމަށެވެ.

އަދި އޭގެ އިތުރުން މާލީ ހާލަތު އޮތްގޮތް ރަނގަޅަށް ސާފުކޮށްދޭންޖެހޭ ކަމަށާއި، ސަރުކާރުން ގެންނަން އުޅޭކަމަށް ބުނަމުންދާ ބަދަލުތަކުގައި އިހްލާސްތެރިމެއް ނެތްކަމަށެވެ. އަދި ރަނގަޅު ބަދަލު ތަކަށް އެމްޑީޕީން ވެސް ތާއިދު ކުރާނެ ކަމަށާއި ގުއުމުގެ މާލީ ހާލަތު ވާނުވާ ގަ ބާއްވައިގެން ގައުމަށްލިބޭނެ އެއްވެސް މޮޅެއް ނެތްކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *