logo minivan

English

ހުކުރު, 13 ސެޕްޓެމްބަރ 2024
Photo: Mihaaru

މާލޭގައި ކުދި ފިހާރަ ހިންގަމުންދިޔަ ބިދޭސީއަކާއި، އިތުރު ހަތަރު މީހަކު އަތުލައިގަނެފި

މާލޭގައި އެކިއެކި ކުދި ރީޓެއިލް ފިހާރަތައް ފުޅާދާއިރާއެއްގައި ހިންގަމުންދާ ބިދޭސީއަކާއި، އޭނާއާ ގުޅުން ހުރި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން "އެކްސް" ގައި ކުރި ފޯސްޓެއްގައި ބުނީ، ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، މާލޭގައި އެކިއެކި ކުދި ރީޓެއިލް ފިހާރަތައް ފުޅާދާއިރާއެއްގައި ހިންގަމުންދާ ކަމަށް އިމިގްރޭޝަން އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ބިދޭސީއެއް ހޯދުމަށް ރޭ 23:30 އާއި 00:30 ދެމެދު ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަަމަށެވެ.

އަދި މި ބިދޭސީ މީހާ އާއިއެކު އެ ސައިޓުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ ތިން ފިރިހެނަކާއި، އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ބުނެފައިވެއެވެ.

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ފޮޓޯތަކުން އެ މީހުން އެ ފިހާރަ ތެރޭގައި ހަރަކާތްތެރިވާ މަންޒަރު ފެނިގެންދެއެވެ.

ދާދި ފަހުން އިމިގްރޭޝަނުން ވަނީ ހުޅުމާލޭގައި ގަވާއިދާއި ހިލާފަށް ވިޔަފާރި ކުރަމުންދިޔަ އިތުރު ހަތަރު ބިދޭސީއަކު ވެސް ހައްޔަރުކޮށްފައެވެ.

އޭގެ އިތުރުން، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ މަހުގެ 29 ގައި މާލޭގެ ލޯކަލް މާރުކޭޓާއި މާލެތެރޭގައި އަމިއްލަ ފަރާތްތަކުން ހިންގާ މާރުކޭޓުތައް ރެއިޑްކޮށް ވަނީ 50 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެމީހުން ޑީޕޯޓްކޮށްލެވެންދެން އަދިވެސް ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބަހައްޓާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *