logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ބިންވެރިޔާ ސްކީމުގެ ދަށުން، 486 ގޯތީގައި ކަންމުޑި ޖަހައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން މިހާތަނަށް 486 ގޯއްޗެއްގައި ކަންމުޑި ޖަހާ ނިމިފައިވާކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ގެދޮރުގެ ދަތިކަން ކުރިމަތިވެފައިވާ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ގޮތުން މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުން މިހާތަނަށް ދޫކުރެވުނު ގޯއްޗާ ގުޅޭގޮތުން އެޗްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ގޯތިތައް ރައްޔިތުންނަށް ހަވާލުކުރުމަށް ކުރިއަށްދާ މަސައްކަތުގެތެރެއިން، 486 ގޯތީގައި މިހާރުވަނީ ކަންމުޑި ޖަހާނިމިފައިވާ ކަމަށެވެ. ބާކީ ގޯތިތަކުގައި ކަންމުޑިޖެހުމުގެ މަސައްކަތް ދަނީ ކުރިއަށްދާކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ސަރުކާރުން ވަނީ 9،000 ގޯތި، ހުޅުމާލެ ދެއަކާއި އަލަށް ހިއްކާ ހުޅުމާލެ ތިނެއް އަދި ގުޅިފަޅުންނާއި ގިރާވަރުފަޅުން ދޭން ނިންމާފައެވެ.

Image

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރިއިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ މީހުންގެ އަދަދަކީ 19،631 އެވެ.

ބިންވެރިޔާ ސްކީމަށް މި ސަރުކާރުން އެންމެ ފަހުން ގެނައި ބަދަލުގައި ގިރާވަރުފަޅު ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުގެ ސަބަބުން ކަނޑައެޅިވަރަށް ގޯތި ދެވެން ނެތުމުން، އެފަރާތްތަކަށް ގުޅީފަޅުން ގޯތި ދިނުމަށް ވަނީ ނިންމާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *