logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
Screenshot

ފިލާ ބިލްޑިންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފިލާ ބިލްޑިންގެ ތިންވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އަލިފާންގަނޑު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ފިލާ ބިލްޑިންގެ ތިންވަނަ ފަންގިފިލާ ބެލްކަނީގައި ހުރި ކުނިތަކެއްގައި ކަމަށެވެ.

މި ހާދިސާ ހިނގިކަމަށް ރިޕޯޓް ރޭ ފަތިހު 04:41 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްގެ ފަޔާ ފައިޓަރުން އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން ބެލްކަނީގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ފަތިހު 04:57 ހާއިރު ކަމަށް ވެސް އެމްއެންޑިއެފުން މައުލޫމާތުދެއެވެ.

މި ހާދިސާގައި ފިލާ ބިލްޑިންގެ ތިންވަނަ ފަންގިފިލާ ބެލްކަނީގައި ހުރި ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވީ ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ