logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ދިވެހިރާއްޖޭގެ އަޑާ ގުޅިފައިވާ ކަންބޮޑުވުމެއް ބަދުރު ނަސީރުގެ ޕޭޖުން

އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ، 2008 ގައި ދިވެހި ޕަބްލިކް ބްރޯޑްކާސްޓަރު ވިޔަފާރި ކުންފުންޏަކުން ހިންގާ ގޮތަށް ހަމަޖެއްސެވުމާއެކު، ރޭޑިއޯ ހަލާކުވެ، ދިވެހިރާއްޖޭގެއަޑު ހިންގާ ޢިމާރާތް ކުއްޔަށް ދީ، އަދި ޒަމާން ތަކެއްގެ މަޢުލޫމާތާއި ހަނދާންތައް އެކުލެވޭ ލައިބްރަރީ ތިލަފުށީގެ ގުދަނަކަށް ގެންގޮސް ނައްތާލެވިފައިވާ އިރުވެސް، އެކަމާ ކަންބޮޑުވެ އަޅާލާ އެއްވެސް މީހަކު އެބައުޅޭ ބާވައޭ އެވެ.
ހަމަ ގައިމުވެސް 2008 ގެ ފަހުން އައި އެއްވެސް ސަރުކާރަކުން އަދި އަޅައެއް ނުލައެވެ. ޕަބްލިކް ސާރވީސް ބްރޯޑްކާސްޓިން އަކީ، ދައުލަތުން ރައްޔިތުންނަށް، އެއްވެސް އަގަކާނުލައި ފޯރުކޮށްދޭން ޖެހޭ ޚިދުމަތެކެވެ. ބޮޑު އަގުގައި ފޯނެއް ގަނެގެން، އިންޓަނެޓަށް ޚަރަދު ކޮށްގެން އަޑުއަހަން/ބަލަން ޖެހިގެން ނުވާނެއެވެ.
ޕަބްލިކް ސާރވީސް ބްރޯޑްކާސްޓިންގ ގާނޫނުގައިވެސް ކަނޑައެޅިގެން ބަޔާން ކޮށްފައި އޮންނަ ވާހަކައެކެވެ. ސަރުކާރުތަކުން މިކަމާ އަޅާނުލާ ނުލުން، ދޭހަކޮށްދެނީ ރައްޔިތުންނަށް ހިލޭ ކިޔަވައި ދިނުމާއި، ހޭލުންތެރި ކުރުވުމާއި އަދި މުނިފޫހި ފިލުވައިދޭން ބޭނުން ނުވާ ކަމެވެ. 2008 ގެ ކުރިން އޮތް ސަރުކާރާއި އޭގެ ކުރިން އޮތް ސަރުކާރުން ވެސް ރޭޑިއޯ/ޓީވީ ގެ ޚިދުމަތް ދިވެހި ރައްޔިތުންނަށް ދެމުން ގެންދިޔައީ ޕަބްލިކް ސާރވީސް (ރައްޔިތުންނަށް ދޭ ޚިދުމަތެއް) ގެ ގޮތަށެވެ. އޭރު ދިވެހި ދައުލަތް މާ ފަގީރުވެސްމެއެވެ. މީ ހަމަ ހިތަށް ތަދުވާތާ ދުވަސްތަކެއް ވެފައިވާ ކަމެއްވީމާ ސުވާލު ކޮށްލެވުނީއެވެ. މާފު ކުރެއްވުން އެދެމެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *