logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

މާލޭގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައިފި

މާލޭގެ އަމީނީ މަގުގައި ހިންގާ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައި އެ ތަނަށް ބަޔަކު ގެއްލުން ދީފިއެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، އަމީނީ މަގުން ފުރުގާން މިސްކިތުގެ ކުރިމަތީގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލައެއްގެ ރިޕޯޓް ރޭ މެންދަމު ތިނެއް ޖަހާކަންހާއިރު ލިބިފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެއެވެ. އެ މައްސަލާގައި މީހަކު ހައްޔަރު ކުރިކަން ނުވަތަ ނޫންކަން ވެސް ސާފެއް ނުވެއެވެ.

ކޭއެފްސީއަށް ގެއްލުން ދީފައިމިވަނީ އިޒްރޭލުން ފަލަސްތީންގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ކޭއެފްސީގެ ކުރިމަތީގައި އެތައް ފަހަރު ބަޔަކު މުޒާހަރާކުރި ފަހުންނެވެ. މީގެކުރިން ކޭއެފްސީ ތެރެއަށް ބަޔަކު ކަޅުތެޔޮ ޖަހާފައިވެސް ވެއެވެ.

ފަލަސްތީނާ ދެކޮޅަށް މިހާރު އިސްރާއިލުން ހިންގަމުންދާ ހަނގުރާމައަށް ވާގިވެރިވާ ކުންފުނިތައް ބޮއިކޮޓް ކުރުމަށް މުޅި ދުނިޔޭގައި ވެސް ދަނީ ގޮވާލަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *