logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ވިސާއާއި ނުލާ ދިވެހިންނަށް ތައިލޭންޑުގައި 60 ދުވަސް މަޑުކުރެވޭ ގޮތް ހަދައިފި

ވިސާއަކާއި ނުލާ ތައިލޭންޑަށް ދަތުރު ކުރާ ދިވެހިންނަށް އެގައުމުގައި 60 ދުވަސް މަޑު ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެކަން ހަމަޖެހިފައިވަނީ އެގައުމުގެ އިމިގްރޭޝަންގެ އުސޫލުތަކަށް ގެނައި ބަދަލުތަކާއި އެކު ކަމަށެވެ.

އެގޮތުން، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެގައުމަށް ދަތުރު ކުރާ ދިވެހިންގެ ތެރެއިން ޗުއްޓީ، ބޭސްފަރުވާގެ އިތުރުން ވިޔަފާރި ދަތުރުތަކަށްދާ ފަރާތްތަކަށް ވިސާއާއި ނުލާ 60 ދުވަހު އެގައުމުގައި މަޑު ކުރެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، މި 60 ދުވަހުގެ ވިސާގެ މުއްދަތު އިތުރު ކުރަން ބޭނުންވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ވިސާ ހަމަވުމުގެ ކުރިން ތައިލޭންޑުގެ އިމިގްރޭޝަނަށް އެކަން ހުށަހެޅުމުން އިތުރު 30 ދުވަށް ވިސާގެ މުއްދަތު އިތުރު ކުރެވޭނެ ކަމަށެވެ.

މިނިސްޓްރީން ވަނީ ދިވެހިންގެ ތެރެއިން ރާއްޖޭން ބޭރަށް ދަތުރު ކުރާ ފަރާތްތަކުން އެގައުމަކަށް ދިއުމުގެ ކުރިން ޓްރެވެލް އިންޝުއަރެންސް ހޯދުމަށާއި އެގައުމުތަކުގައި އުޅޭއިރު، އެގައުމެއްގެ ޤާނުނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *