logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
ސްޓެލްކޯގެ ހެޑް އޮފީސް. ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް

މާލެ އާއި ހުޅުމާލޭން މިއަދު ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

މިއަދު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހުޅުމާލޭ، ފޭސް 1 ގެ ހިތިގަސް މަގު، ހުވަނދުމާ ހިނގުން، ކިނބިގަސް މަގު އަދި ފިލިގަސް މަގު ހިމެނޭ ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށެވެ.

މި ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވަނީ ހެނދުނު 10:00 އިން 11:00 އަށެވެ.

ހުޅުމާލޭގެ އިތުރުން މާލޭ، ބޮޑުތަކުރުފާނު މަގާއި، ސޯސަން މަގު، އަމީރު އަހުމަދު މަގު، ކަސްތޫރި މަގު، ހިތްފަސޭހަ ގޯޅި އަދި ފިނި ހިޔާ ގޯޅި ހިމެނޭ ސަރަހައްދުތަކުން މިއަދު މެންދުރު ފަހު 14:00 އިން 15:15 އަށް ކަރަންޓް ކެނޑިދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަސައްކަތުގެ ތެރެއިން ކަރަންޓް ކެނޑިގެން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *