logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ދެކުނުގެ ރަށްތަކަށް މިއަދު އުދަ އަރާފާނެ: މެޓް

ރާއްޖޭގެ ދެކުނުގެ ރަށްތަކަށް މިއަދު އުދަ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.

މިއަދުގެ މޫސުން ކުރިއަށްލަފާކޮށް މެޓް އޮފީހުން ބުނީ އުތުރުގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

އަދި ދެކުނާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް، މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. ދެކުނުގެ އަތޮޅުތަަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމުގެ ބާރުމިނުގައި ވައިިޖެހޭނެއެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *