logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މިއަދުވެސް ބައެއް ސަރަހައްދުތަކަށް އުދަ އަރާފާނެ: މެޓް

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަަކަށް މިއަދުވެސް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، ބައެއް ރަށްތަކަށް ކެރީގެ އަަސަރު ފޯރި ނަމަވެސް ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަަޅުވާނެ ކަމަށެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ނަމަވެސް އެ އިދާރާއިން ވަނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ބުނެފައެވެ.

ފާއިތުވި ދުވަހުވެެސް ބައެއް ރަށްތަކަަށް އުދަ އަރަައިގެން ރިޕޯޓްކޮށްފައިވެއެވެ. އަދި ރާއްޖެގެ ބޮޑު ބަޔަކަށް އުދަ އަރާފާނެތީ އިއްޔެ ހުދު ސަމާލުވެސް ނެރުނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *