logo minivan

English

ހޮނިހިރު, 07 ސެޕްޓެމްބަރ 2024

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކަސްޓަމްސް ހިންގަން ކަނބަލެއް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ކަމުގެ މަޤާމަށް ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާ، ކަނބަލަކު އައްޔަނުކުރައްވައިފިއެވެ.

ކަސްޓަމްސްގެ ސީޖީކަމަށް އައްޔަނުކުރައްވާފައިވަނީ، ޅ. ހިންނަވަރު ސަންދުރަ، ފާޠިމަތު ދިޔާނާއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ދިޔާނާއަށް މަޤާމުގެ ފަތްކޮޅު ދެއްވާފައެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަންހެނުންގެ ކުރިއެރުމަށް ދެއްވާ އަހައްމިއްޔަތު އަދި ޤައުމު ހިންގުމާއި ސިޔާސަތުތައް ނިންމުމުގައި އަންހެނުންގެ ޝާމިލްވުން އިތުރުކުރުމަށް ދެއްވާ އިސްކަން ހާމަވެގެންދިޔަ ކަމެއް ކަމަށެވެ.

ކަސްޓަމްސްގެ ސީޖީއަކަށް ދިޔާނާ އައްޔަނު ކުރައްވާފައިމިވަނީ މިހާތަނަށް އެ މަޤާމުގައި ހުންނެވި ޔޫސުފް މާނިއު މަޤާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. މާނިއު މިހާރު ވަނީ ހޯމްލޭންޑު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖައްސަވާފައެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *