logo minivan

English

ހޮނިހިރު, 07 ސެޕްޓެމްބަރ 2024

ޓާމް ބަންދުގައި ޓީޗަރުން ސްކޫލަށް ނުނެރުމަށް އަންގައިފި

ޓާމް ބަންދުތަކުގައި މީގެފަހުން ސްކޫލްތަކަށް މުދައްރިސުން ނުނެރުމަށް އެޑިއުކޭޝަނުން ސްކޫލްތަކަށް އަންގައިފިއެވެ.

އެޑިއުކެޝަން މިނިސްޓްރީން މިގޮތަށް އަންގާފައިވަނީ، އެ މިނިސްޓްރީން ސަރުކާރުގެ ހުރިހާ ސްކޫލުތަކުގެ އިތުރުން މިނިސްޓްރީގެ ޑިޕާޓްމަންޓްތަކަށް ފޮނުވި އިންޓާނަލް މެމޯއެއްގައެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ޝިފާޒު މުޙައްމަދު ސޮއިކުރައްވައި އިއްޔެ ފޮނުއްވި އިންޓަރނަލް މެމޯގައި ބުނެފައިވަނީ، ހިނގަމުން މިދާ 2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމާއި ދެވަނަ ޓާމުގެ ބަންދު އަދި މިޑްޓާމުގެ ބަންދުގައި މުދައްރިސުން ސްކޫލަށް ނެރުމަކީ މަނާކަމެއް ކަމުގައި ދަންނަވާ ކަމަށެވެ.

މުދައްރިސުންނަކީ މިހާތަނަށްވެސް ޓާމް ޗުއްޓީތަކުގައިވެސް ސްކޫލަށް ނިކުމެ މަސައްކަތް ކުރަމުން އަންނަ ބައެކެވެ. އެޑިއުކޭޝަން މިނިސްޓްރީގެ މި ނިންމުމާއެކު ޓާމް ޗުއްޓީތަކުގައި މުދައްރިސުންނަށް އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މުދައްރިސުންނަށް އާއިލާއާއެކު ހޭދަކުރަން ލިބޭ ވަގުތު މަދުކަމަށް މުދައްރިސުން އަބަދުވެސް ފާހަގަކުރެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *