logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މާނިއު، ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާ ދީފި

ކަސްޓަމްސްގެ ކުރީގެ ވެރިޔާ، ޔޫސުފް މާނިއު ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މާނިއު، ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ ކޮމިޝަނަރަ ޖެނެރަލްގެ މަގާމަށް މާނިއު އައްޔަން ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެއަށްފަހު މިދިޔަ ހޯމަ ދުވަހު އޭނާ އެ މަގާމުން ވަކިކޮށް، އެ މަގާމަށް އައްޔަންކުރީ ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި ފާތިމަތު ދިޔާނާ އެވެ.

މާނިއު އަކީ ކުރިން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސްކަމާއި އޮޑިޓާ ޖެނެރަލް އޮފީހާއި އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވާފައި ބޭފުޅެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޖައަސާ ޖަރީމާގެ ވާހަކަވެސް ދައްކާލާ
    ފޯކްލިފްޓެއް 54 ޑޮލަރަށް އަގު ފާސް ކޮއްލެވޭ ހަމަ ގުޅާލުން އިންނާނީ "ގްރީން ޗެނެލައް ވައްޓާލަދޭނެ އެނގޭ މީހަކަށް އެނގޭނެ

  2. ނާގާބިލްވީމަ ވަކިކިރީ ހެން ހީވަނީ އަދިވެސް މޮޅު ގޮތަކަށް ފޮޓޯނެގޭތޯ ބަލާ ކޮންމެވެސް ޔުނީފޯމެއް ލައިގެން ހުރެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *