logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ބްރިޖް އިން ޓޯލް ނެގުމަކީ އަޅުގަނޑު ގެ ސިޔާސަތެއްނޫން: ރައީސް

ބްރިޖުން ފީއެއް ނެގުމަކީ މި ސަރުކާރުން ގެންގުޅޭ ސިޔާސަތެއް ނޫންކަމަށް އަނެއްކާވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

ބްރިޖުން ފީ ނެގުމާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ރައީސް ޑރ.މުއިއްޒު މީގެ ކުޑައިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ބްރިޖް އިން ޓޯލް ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއްނޫން ކަމަށެވެ. ރައީސް ވިދާޅުވީ ރޭގައި އިޢުލާން ކުރެވުނު "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމަށެވެ.

"ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގ ގެ މައްސަލަ ޙައްލު ވުމުގެ ކުރިން، އަދި ޤައުމާއި ރައްޔިތުންގެ ޢިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަޤީންކަން އަރުވަން" ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

"މާލެ ފަހި" ޕްރޮގްރާމް އިފުތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ސަރުކާރުން ވަނީ، ސިނަމާލެ ބްރިޖާއި ހައިވޭއިން ދަތުރުކުރުމަށް ފީއެއް ނެގުމަށް ކުރަންޖެހޭ ދިރާސާ އަންނަ މަހު ފެށުމަށް ނިންމާފައިވާކަމަށް ބުނެފައެވެ. މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި އެކަމާއި ގުޅޭގޮތުން ނުރުހުން ފާޅުކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *