logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

20 ރަށެއްގައި ސޯލާ ޕީވީ ނިޒާމުގައި ހަކަތަ މެނޭޖުކުރާ ނިޒާމް ގާއިމްކުރަން ޗައިނާގެ ކުންފުންޏަކަށް

20 ރަށެއްގެ ސޯލާ ޕީވީ ނިޒާމުގައި ހަކަތަ މެނޭޖުކުރާ ނިޒާމު ގާއިމްކުރަން ޗައިނާގެ ސައިނޯޝޯރ ހައިބުރިޑް ޓެކްނޮލޮޖީއާ މިއަދު ހަވާލުކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓާރ ތާރިގް އިބްރާހިމެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ މި ބީލަން ކާމިޔާބުކުރި ޗައިނާގެ ކޮންޓުރެކްޓަރެއް ކަމުގައިވާ ސައިނޯޝޯރ ހައިބުރިޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ގޫ ޖެންޕުންގ އެވެ.

މި އެއްބަސްވުމާ ބެހޭގޮތުން މިނިސްޓްރީން ބުނީ، މިއަދު ސޮއިކުރެވުނު މަޝްރޫޢުގެ އެއްބަސްވުމުގެ އަގަކީ 1،166،582 އެމެރިކާ ޑޮލަރު ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ20 ރަށެއްގައި ގާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް އިތުރަށްފުރިހަމަކުރުމަށް ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމުތައް ހޯދާ އެތަންތަނުގައި އިންސްޓޯލުކުރުން ކަމަށާއި، މީގެ ސަބަބުން އެ ރަށްރަށުގައި އިޢާދަކުރަނިވިހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރުކުރަމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްއޭޑީބީގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރސަސްޓެއިނަބަލް ޑިވެލޮޕްމެންޓް (ޕޮއިސްޑް) ޕްރޮޖެކްޓްއިން ޕަވަރ ޕްލާންޓްމޮނިޓަރިންގ ސިސްޓަމްތައް ގާއިމުކުރާ 20 ރަށަކީ:

  • ހއ. ތުރާކުނު
  • ހއ. އުލިގަމް
  •  ހއ. މޮޅަދޫ
  •  ހއ. ހޯރަފުށި
  •  ހއ. އިހަވަންދޫ
  •  ހއ. ކެލާ
  • ހއ. ވަށަފަރު
  • ހއ. ދިއްދޫ
  • ހއ. ފިއްލަދޫ
  • ހއ. މާރަންދޫ
  • ހއ. ތުރާކުނު
  •  ހއ. އުތީމު
  •  ހއ. މުރައިދޫ
  •  ހއ. ބާރަށް
  •  ޅ. އޮޅުވެލިފުށި
  •  ޅ. ކުރެންދޫ
  •  ގއ. ވިލިނގިލި
  •  ށ. ބިލަތްފަހި
  •  ހދ. ފިނޭ
  •  ހދ. ކުމުންދޫ

މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން 20 ރަށުގައި ގާއިމުކުރާ ޕަވަރ ޕްލާންޓްމޮނިޓަރިންގ ސިސްޓަމްތައް ފެނަކައިގެ އިންޖީނުގެތަކުގައި އިންސްޓޯލްކޮށް މިސިސްޓަމްތަކުގެ އޮޕަރޭޝަން އަދި މެއިންޓެނެންސް 2 އަހަރުދުވަހަށް ބަލަހައްޓާނީ ކޮންޓްރެކްޓަރެއް ކަމަށާއި، އޭގެއިތުރުން މި ސިސްޓަމްތަކަށް ފެނަކައިގެ މުވައްޒަފުން އަހުލުވެރި ކުރުވުމަށްޓަކައި އެކުންފުނީގެ މުވައްޒަފުންނަށް ތަމްރީނު ދިނުން ވެސް އެއްބަސްވުމުގައި އެކުލަވާލާފައި ވަނޭ ކަމަށެވެ.

ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި އަދި ގޭބިސީ ތަކުންކަރަންޓު ބިލަށް ކުރާ ހަރަދު ކުޑަކޮށް، އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އެފުއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެއިޖުތިމާއީ އަދި އިގްތޮސާދީ މަންފާ އެންމެހައި ރައްޔިތުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ ރަށްރަށުގައި ގާއިމުކޮށްފައިވާ ކަރަންޓު އުފައްދާ ނިޒާމުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން މިނިސްޓްރީން ބުނީ، އެ ނިޒާމުތައް ޒަމާނީކޮށްއެނާރޖީ މެނޭޖްމަންޓު ސިސްޓަމު މެދުވެރިކޮށް ކޮންޓްރޯލު ކުރެވޭނެ ގޮތަށް ވެސް ދަނީބަދަލުކުރަމުން ކަމަށެެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނެފައިވަނީ، ހަކަތައިގެ ޔަގީންކަން އިތުރުކުރުމަށްޓަކައި އިމްޕޯޓްކުރާ ތެލަށް ބަރޯސާވާ މިންވަރުކުޑަކުރުމަކީ އަދުގެ ސަރުކާރުން ވަރަށް އިސްކަންދޭކަމެއް ކަމަށެވެ.

ކުރިއަށް އޮތްފަސް އަހަރު ދުވަހުގެ ތެރޭގައި ގައުމަށް ބޭނުންވާ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވިހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރައީސް ޑރ.މުހއްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

މިހާތަނަށް ރާއްޖޭގައި 67.5 މެގަވޮޓުގެ އިރުގެއަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރެވިފައިވެއެވެ. އެއީ ގައުމަށް ބޭނުންވާކަރަންޓުގެ ގާތްގަނޑަކަށް 6 އިންސައްތައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ލ.އަތޮޅު އެއްވެސް ރަށެއް ނެތް ، ލ. އަތޮޅަށް ބޭނުންވަނީ ހަމަ އެކަނި މަޖިލިސް ރައީސްގެ ގޮޑިއެއްނޫން ހުރި ހިތާމައެއްގެ ބޮޑުކަމާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *