logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
މީގެ ކުރިން ބޭއްވި އެމްއެންޑީއެފް ޝަރަފްގެ ހިނގާލުމުގެ ތެރެއިން.. ފޮޓޯ/ ހުސައިން ވަހީދު/ މިހާރު

މޫސުން ތަން ނުދިނުމުން ޝަރަފްގެ ހިނގާލުން ފަސްކޮށްފި

މޫސުން ތަން ނުދިނުމާ ގުޅިގެން، ދިވެހި ޤައުމީ ދިފާއީ ބާރުގެ ފަރާތުން ބޭއްވުމަށް ނިންމި ޝަރަފްގެ ހިނގާލުން ފަސްކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑިއެފް) އިން ބުނީ، މޫސުން ގޯސްވުމުގެ ސަބަބުން ޝަރަފްގެ ހިނގާލުން ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާކަމަށެވެ. މިގޮތުން ޝަރަފްގެ ހިނގާލުން ބާއްވާނޭ ތާރީހެއް ފަހުން އިއުލާނު ކުރާނޭކަމަށް އެމްއެންޑިއެފުން ބުންޏެވެ.

ކޮންމެ އަހަރެއްގެވެސް މިނިވަންދުވަހާ ގުޅުވައިގެން އެމްއެންޑިއެފުން ބާއްވާ ޝަރަފްގެ ހިނގާލުން ބާއްވައެވެ. މި އިވެންޓަކީ މިނިވަންދުވަހުގެ އިވެންޓްތަކުގެ ތެރެއިން އާއްމުންގެވެސް ވަރަށްބޮޑު ސަމާލުކަމެއް ލިބިގެންދާ އިވެންޓެކެވެ. މިގޮތުން ޝަރަފްގެ ހިނގާލުން ކުރިއަށްދާއިރު ކުދިބޮޑު ގިނަ އަދަދެއްގެ ބަޔަކު ހިނގާލުން ބަލާލުމަށް މަގުތަކަށް އެއްވުމަކީ ކޮންމެ އަހަރެއްގެވެސް ފެންނަ މަންޒަރެކެވެ.

މިއަހަރަކީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުނު އަހަރެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ، 26 ޖުލައި 1965 ގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ