logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ހުޅުމާލޭ ބަހުގެ ހިދުމަތުގެ ބައެއް ރޫޓުތަކަށް ބަދަލު ގެނެސްފި

އާރިޓީއެލުން ހުޅުމާލޭގައި ދެމުންދާ ބަހުގެ ހިދުމަތުގައި ހިމެނޭ ބައެއް ރޫޓްތަކަށް މިއަދުން ފެށިގެން ބަދަލު އަންނާނެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލުކޮށްފައިވާތީ އާރުޓީއެލް ހުޅުމާލެ ބަހުގެ ހިދުމަތުގެ ބައެއް ރޫޓްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

ރޫޓުތަކަށް ގެނެސްފައިވާ ބަދަލުތަކަކީ:

  • އާރް 2 – މާލެ (ކާނިވަލް) – ހުޅުމާލެ ފޭސް 1
  • އާރް 7 – ހުޅުމާލެ ފޭސް 2 – މާލެ (ވެސްޓްޕާކް)
  • އާރް 8 – ހުޅުމާލެ ފޭސް 2 – މާލެ (ކާނިވަލް)
  • އާރް 9 – ހުޅުމާލެ ފޭސް 2 – މާލެ ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓްއެވެ.

ހުޅުމާލޭގެ 11 ސަރަހައްދަކަށް ބަދަލު ގެންނަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެގޮތުން ޓްރެފިކް މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލުކުރުމަށް، ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު (ބަގީޗާ ހިނގުން) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށް، އިއްޔެ ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

އެޗްޑީސީން ބުނީ، އެ 11 ސަރަހައްދަށް ގެންނަ ބަދަލުތަކުގެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވާނެ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *