logo minivan

English

ބުދަ, 18 ސެޕްޓެމްބަރ 2024

ހަމަސް ދުވަހުން ސިޓީ ކައުންސިލުގެ އާމްދަނީއަށް 30 މިލިއަން އިތުރު

ވޭތުވެދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހާއި މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ އާމްދަނީއަށް ބަލާއިރު، ސިޓީ ކައުންސިލުގެ އާމްދަނީއަށް 30 މިލިއަން އިތުރުކުރެވިފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

އާޒިމް އެހެން ވިދާޅުވީ ސިޓީ ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކުރުމަށް ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ބައްދަލުވުމުގަ އެވެ.

އާޒިމް ވިދާޅުވި 30 މިލިއަން އިތުރުކުރެވިފައިވާއިރު ސިޓީ ކައުންސިލުގެ ހަރަދުން ވަނީ 20 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށެެވެ. އޭނާ ވިދާޅުވީ ހަރަދުތައް ސަލާމަތް ކުރެވިފައި ވަނީ ރިކަރަންޓު ހަރަދުން 11 މިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުން 9 މިލިއަން ރުފިޔާ ކަމަށެވެ.

އެކައުންޓްސް އެންޑް ފައިނޭންސް މަސައްކަތް ހަރުދަނާކުރެވިފައިވާކަން ފާހަގަކޮށް އާޒިމް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ މިއަހަރު ނިމުމުގެ ކުރިން، ސިޓީ ކައުންސިލުގެ މަސައްކަތްތަށް އޮޓަމޭޓުކުރުން ކަމަށެވެ. އޭރުން ހިދުމަތް ލަސްވުމާއި ހިދުމަތް ހޯދުމަށް މިހާރު އަރާ އޮޅުންތަކުން ސަލާމަތްވާނެ ކަމަށެވެ.

މޭޔަރު އާޒިމް ވިދާޅުވީ މާލެ ސިޓީ އަކީ ރާއްޖޭގެ އާބާދީގެ ގާތްގަޑަކަށް 40 އިންސައްތަ މީހުންނަށް ހިދުމަތް ފޯރުކޮށްދޭން ޖެހޭ މުއައްސަސާއަކަށް ވުމުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދުރާލާ ރާވައިގެން ކުރިޔަށް ގެންދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ކުރިއަށް އޮތް 5 އަހަރު ދުވަހު މާލެ ކައުންސިލުން ކުރާނެ ކަންތައްތަކުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ވަނީ އެކުލަވާލާފަ އެވެ. އާޒިމް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް މިހާރުގެ އެކްޝަން ޕްލޭން ފުޅާކުރަން ޖެހޭ ކަމަށެވެ.

ކުރިއަށް އޮތް އަހަރު ރާވާފައިވަ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތަކަކީ ރައްޔިތުންގެ އެއްބާރުލުމާއެކު ފުރިހަމަ ކުރެވޭނެ ކަންކަން ކަމަށާއި އެހެން ކަމުން ސްޓްޓެޖިކް އެކްޝަން ޕްލޭންގައި ހުރި ކަންކަން ކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *