logo minivan

English

ބުދަ, 18 ސެޕްޓެމްބަރ 2024

ފިރިިންނަށް ބިދޭސީ ފިިރިހެނުން ކާންދޭތީ ހުސެންބެގެ ކަންބޮޑުވުން އަނބިންނަށް: އާންމުންގެ ނުރުހުން އަމާޒުވެއްޖެ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮއްސުންލައިގެން ގޮސް އަނބިމީހާގެ ބަދަލުގައި ފިރިންނަށް ކައްކައި ދެނީވެސް ބިދޭސީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް (ހުސެންބެ) މިއަދު ވިދާޅުވެއްޖެ އެވެ.

ހުސެންބެގެ މި ވާހަކަތަކަށް ސޯޝަލް މިޑިއާގައި އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ހުސެންބެ އެހެން ވިދާޅުވީ މިއަދުގެ މަޖިލީސް ޖަލްސާގައި ވަޒީފާގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސްގަ އެވެ.

ހުސެންބެ ވިދާޅުވީ، ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލައިލިޔަސް މަސައްކަތުގައި މައިދާނުން ފެންނަނީ ބިދޭސީން ކަމަށެވެ. ހުރިހާ ދިމާލަަށް ބިދޭސީން އަތްގަދަ ކޮށްފައިވާ ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ބިދޭސީންގެ މައްސަލައިގަ އަޅުގަނޑުމެން ކަންބޮޑުވާން ނުޖެހެނީ ކީއްވެގެންތޯ؟ އަޅުގަނޑުމެންގެ ހުރިހާ ދިމާލެއްގަ މިހާރު އެތިބީ ބިދޭސީން އަތްގަދަ ކޮށްފަ. މަސްވެރިކަމަށް ބެލިޔަސް ބިދޭސީން، ކަންމަތީ ފިހާރައަށް ބެލިޔަސް ބިދޭސީން. ސައި ހޮޓަލަކަށް ބެލިޔަސް ބިދޭސީން. ހުރިހާ ކޭޝިއަރުންނަށް ވެސް ބިދޭސީން." އޭނާ ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ އަނބިންގެ ބަދަލުގައި ގޭތެރޭގެ މަސައްކަތުގައިވެސް މިހާރު ތިބެނީ ބިދޭސީން ކަމަށެވެ.  އަދި ބަދިގޭގެ މަސައްކަތުގައި އުޅެނީ ބިދޭސީ ފިރިހެނުން ކަމަށް ވިދާޅުވެ، އެ މީހުންނަށް ދަށު ދަރަޖައިގެ ބައެއް ގޮތުގައި ސިފަކުރި އެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ހުސެންބެއަކީ ވަރަށް ވަހުށީ މީހެއް.ދީނީ މީހަކަށް ހެދިގެން މުޅިންވެސް ކަސްބީ އަންހެނުން ކައިރިއަށް އިރުއިރުކޮޅާ ރާއްޖެއިން ބޭރަށް ދަތުރުކޮށްކޮށް ހުންނަ މީހެއް.މީނަ ބެންކޮކްގަ އުޅޭގޮތް ފެނިފަ ބައެއް ދިވެހީން ލަދުވެސްގަނޭ.މިހާރު ދެންއެހެރީ މަޖިލިހަށް ވަދެވުނީމަ ސައިޒު އޮޅިފަ.އަދި މީނައަކީ އެއްވެސް ސިޔާސީ މަސައްކަތެއް ކުރިންކުރި މީހެއްވެސް ނޫން.މުޅިންވެސް އުޅުއްވީ ފަރުދާގެ ފުރަގަހުގަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *