logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

މާލޭގައި މާރާމާރީ ހިންގި 6 ބިދޭސީއަކު ޑީޕޯޓުކުރަން ނިންމައިފި

މާލޭގައި އިއްޔެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ހަ ބިދޭސީއަކު ޑީޕޯޓް ކުރަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

އަސްރަފީ މަގުގައި ބިދޭސީންތަކެއް ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކަށް އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި އަދި ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ އެ މާރާމާރީއާ ގުޅިގެން ހަ ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ އެންމެންގެ ވިސާ ބާތިލްކޮށް، ޑީޕޯޓް ކޮށްލަން މިހާރު ނިންމާފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ވަނީ އެމީހުންގެ ފޮޓޯ އާއި އުމުރު ވެސް އާންމުކޮށްފައެވެ. އެ ހަ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 26 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ދެ ފިރިހެނުންނާއި 38 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ ފިރިހެނެކެވެ.

ރާއްޖޭގައި މާރާމާރީ ހިންގައި އަދި މުޒާހަރާކުރާ ބިދޭސީންނާއި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓް ކުރުމަކީ ސަރުކާރުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މި ސަރުކާރުން ވަރަށް ބޮޑު އޮޕަރޭޝަނެއް ފަށާފައިވާއިރު، މިދިޔަ އަށް މަސް ތެރޭގައި 2،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ