logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

މޫސުން ގޯސްވެ ކަނޑުމަތީގެ ހަ ހާދިސާއެއް ހިނގައިފި

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގައި ހަ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން 6 ހާދިސާއެއްގެ ރޭ ކޯސްޓްގާޑަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ.

މީގެތެރެއިން ކަނޑުމަތީގެ 3 ހާދިސާއެއްގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ނަމަވެސް މި ހާދިސާތަކުގެ ތަފުސީލެއް އަދި އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުކުރެއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނި ގޮތުގައި މިއަދު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑު ގަދަވާނެއެވެ.

އަދި ރާއްޖޭގެ އެކި ސަރަހައްދަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ