logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ނައީމާ މަރާލުމުގެ އަގަކަށް ފަވާޒު ދިނީ ދެ މީހުންނަށް މަސްތުވާތަކެތި: ދައުލަތުގެ ވަކީލު

ނ.މަނަދޫ 62 އަހަރުގެ ނައިމާ މޫސާ މަރާލުމުގެ އަގަކަށް، ނައީމާ މޫސާ މަރާލި 2 މީހުންނަށް ދީފައިވަނީ މަސްތުވާތިކަމަށް ދައުލަތުން މިއަދު ބުނެފިއެވެ.

2023 ވަނަ އަހަރުގެ އޭޕްރީލް 7 ވަނަ ދުވަހު މަރާލާފައި އޮއްވާ ފެނުނު ނައިމާ މޫސާ މަރާލި ކަމުގެ ތުހުމަތު ކޮށްފައިވާ 3 މީހުންގެ މައްޗަށް މިއަދު ދައުވާ ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ ނައީމާ މަރާލުމަށް ހިތްވަރުދީ އަގު ދީފައިވަނީ އެ މައްސަލައިގައި ދައުވާ ލިބޭ ހަސަން ފަވާޒު ކަމަށެވެ.

ނައިމާ މޫސާ މަރާލި ކަމުގެ ތުހުމަތުގައި ގައި ހައްޔަރުކޮށްފައިވާ އަބްދުލްވާހިދު ރިފާސް އާއި އަހުޒަމް އަބްދުއްޝުކޫރާއި އަދި ހަސަން ފަވާޒުގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގަ ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ.

ދައުވާ ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ ނައީމާ މޫސާ މަރާލި ސަބަބެއްކަމަށް ތަހުގީގުން އެނގިފައިވަނީ ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށްވާތީ ކަމަށްބުނެކަމަށެވެ. އެގޮތުން ސިހުރު ހަދާ މީހުން މަރައިގެން ފާފަވެރި ނުވާނެ ކަމަށް ފަވާޒް ވަނީ ރިފާސް އަދި އަހުޒަމް އަށް ވިސްނައިދީފައިވާ ކަމަށެވެ. އަދި ނައީމާ މަރާލުމަށް ބޭނުންވާ ތަކެތި ނައީމާ ދިރިއުޅޭ ގެއަށް ގެންދިޔައީ ފަވާޒް ދުއްވާ ކާރުގައި ކަމަށާއި، އަދި އެ 2 މީހުން ނައީމާ ދިރިއުޅޭ ގެއަށް ވަނީއްސުރެ ފޯނުން އެމީހުންނަށް ކަން ކުރާނެ ގޮތުގެ އިރުޝާދު ދެމުންކަމަށެވެ. އަދި އޭގެ ފަހުން ފަވާޒުގެ ކާރުގައި މީހުން ނޫޅޭ ސަރަހައްދަކަށް ގޮސް ޕެޓްރޯލް ހަމެއްދީ، ވަޅުކޮނެ ހުރިހާ އެއްޗެއް އަންދާލަން އިރުޝާދުދީފައިވާކަމަށް ދައުލަތުން ބުންޏެވެ.

މިއަދު ދައުލަތުން އިއްވި 3 ދައުވާއަށްވެސް ފަވާޒް ވަނީ އިންކާރު ކޮށްފައެވެ. އެގޮތުން ނައީމާ މޫސާ މަރާލަން އެއްވެސް މީހަކަށް އެހީތެރިކަމާއި އިރުޝާދު ދީފައި ނުވާނެކަމަށް ބުންނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *