ކެއްސާތީ ބޭނުންކުރާ ބޭހެއްކަމަށްވާ ކޮފްސީ ސިރަޕް ވިއްކުމާ އެތެރެކުރުން މިއަދުން ފެށިގެން ވަގުތީގޮތުން މަނާކޮށްފިއިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރެފައިވާ އެލާޓް ގައި ބުނެފައިވަނީ ރާއްޖޭގައި ބޭނުންކުރަމުންދާ ކޮފްސީ ސިރަޕްގައި ކުނޑިތަކެއް ހުންނަ ކަން ފާހަގަކުރެވިފައިވާތީ، ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކަން އިތުރަށް ބެލުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށާއި ވަކި ގޮތެއް އަންގަންދެން އެ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން ވަގުތީގޮތުން މިއަދުންފެށިގެން މަނާކޮސްފައިވާކަމަށެވެ.