logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ދިވެހިރާއްޖެއަށްވެސް ވަކި ޙާއްސަ ގޮންޖެހުންތަކަކާއި ފުރުސަތުތަކެއް އެބަހުރިކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

ބަވަނަވެފައިވާ ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަށްވެސް ވަކި ޙާއްސަ ގޮންޖެހުންތަކަކާއި ފުރުސަތުތަކެއް އެބަހުރިކަމަށް މަޖިޅިހުގެ ރައީސް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ މިހާރު ޗައިނާގައި ކުރިއަށްދާ "2024 އިންޓަރރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯރ ޕާލަމެންޓްސް އޮފް ޑެވެލޮޕިންގ ކަންޓްރީސް" ގައި ދެއްވި ތަގްރީރުގައެވެ.

އެމަނިކުފާނުގެ ތަގުރީރުގައި ފާހަގަ ކުރެއްވީ ހުރިހާ ފަރާތްތަކެއްވެސް ހިމެނޭ އިގްތިސާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ވާސިލްވުމަށްޓަކއި ގައުމުތަކުން އެގައުމެއްގެ ވަކި ޙާއްސަ ހާލަތްތަކަށާއި ވަސީލަތްތަކަށް ރިޔާއަތްކުރުމުގެ މުހިއްމު ކަމުގެ މައްޗަށެވެ.

އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ ސްޓްރެޓެޖީތައް ވަނީ ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ވަރަށް ގާތުން ގުޅިފައިކަން ފާހަގަކުރައްވަމުން، ދެމެހެއްޓެނިވިކަމަކީ ދިވެހިންގެ އަސާސްކަމާއި، ވިލުންތެރިކަމަކީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިކަމަށް ވިދާޅުވިއެވެ.

އަދި އެންމެންނަށް ފައިދާ ލިބޭފަދަ އިޤްތިޞާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ތަރައްޤީގެ ސްޓްރެޓެޖީތައް އެކުލަވާލުމަށްޓަކައި، ދެމެހެއްޓެނިވި އުސޫލުތަކަށާއި، ޑިމޮކްރެޓިކް އުސޫލުތަކަށާއި، ބައިނަލްއަޤްވާމީ އެއްބާރުލުމަށް އަހަންމިއްޔަތުކަން ދިނުމަކީ މުހިންމުކަމެއްކަމަށާއި، ދިވެހިރާއްޖެއިން މިމަގަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި، އަދި މިކަމުގައި ޗައިނާއާއި އަދި އެހެނިހެން ޤައުމުތަކާއެކު ގުޅިގެން މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވިއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ