logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

މޫނުބުރުގާ އަޅާތީ ވަޒީފާ ނުދޭން ހުޅުދެލި ކޯޓަށް އަންގަިފި

ދ.ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓޭޓިވް މަގާމަކަށް ކުރިމަތިލި މޫނުބުރުގާ އަޅާ އަންހެނަކަށް ވަޒީފާ ނުދޭން އަންގައިފިއެވެ.

ވަޒީފާއަށް ކުރިމަތިލީ މޫނު ބުރުގާ އަޅާ މީހާއަށް ހުޅުދެލީ ކޯޓުން ފޮނުވި މެއިލްއެއް ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ އީމެއިލް ގައިބުނެފައިވަނީ އެ މަގާމަށް ކުރިމަތިލީ މީހުންގެ މައުލޫމާތު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް ފޮނުވުމުން އޭނާ އެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް އަންގާފައިވާ ކަމަށެވެ.

އެގޮތުން އެ ކޯޓަށް ޑީޖޭއޭ އިން އަންގާފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށް ބަޔާންކޮށްފައި ވާތީ، ކެނޑިޑޭޓަކީ މޫނު ބުރުގާ އަޅާ ފަރާތެއްކަން ކަށަވަރުކުރުމަށް ފަހު މޫނު ބުރުގާ އަޅާ ނަމަ ރެކުރޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދަން ނުފެންނަ ކަމުގައެވެ.

އެހެންކަމުން ވަޒީފާގެ އިންޓަވިއު އާއި ޕްރެކްޓިކަލް ކުރިއަށް ގެންދިޔައިރު އޭނާއަކީ މޫނު ބުރުގާ އަޅާ މީހެއްކަން ފާހަގަކުރެވިފައިވާތީ، އޭނާ ޑިސްކޮލިފައިކޮށް، ވަޒީފާގެ ރެކްރޫޓްމަންޓް ޕްރޮސެސްގައި ނުހިމަނަން އެކޯޓުން ނިންމާފައިވާ ކަމަށް އެ އީމެއިލްގައި ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *