logo minivan

English

ހުކުރު, 13 ސެޕްޓެމްބަރ 2024
ފޮޓޯ: އަދަދު

އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުންހޯދި ކާމިޔާބީއަށް ރައީސް މަރުހަބާ ދަންނަވައިފި

އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕްގައި ދިވެހި ޤައުމީ ފިރިހެން ޓީމާއި އަންހެން ޓީމް ހޯދި ފަހުރުވެރި ކާމިޔާބީއަށް ރައީސް ޑރ މުހައްމަދު މުއިއްޒު މަރުހަބާއާއި ތަހުނިޔާ ދަންނަވައިފިއެވެ.

ގައުމީ ސަރފިންގ ފިރިހެން ޓީމާއި އަންހެން ޓީމް ހޯދި ފަހުރުވެރި ކާމިޔާބީއަށް އެމަނިކުފާނު ތަހުނިޔާ އަރިސްކުރައްވާފައިވަނީ ރޭ މީސް މީޑިއާ މެދުވެރި ކުރައްވައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި އަހަރަކީ އޭޝިއަން ގޭމްސްގައި ސަރފިންގ ހިމެނުނު ފުރަތަމަ އަހަރެވެ. ދިވެހި ގައުމީ ސަރފިންގ ފިރިހެން ޓީމާއި އަންހެން ޓީމް މި މިކާމިޔާބީ ހޯދާފައި ވަނީ އެ މުބާރާތަށް އެތުލީޓުން ނެގުމަށްޓަކައި މިހާރު ކުރިއަށްދާ އޭޝިއަން ސަރފިން ޗެމްޕިއަންޝިޕް މުބާރާތުގައި ވާދަކޮށްގެންނެވެ. މި މުބާރާތް މިއަހަރު ކުރިއަށްދަނީ ކ. ތުލުސްދޫގައެވެ. މި މުބާރާތުގައި 20 ގައުމަކުން 113 އެތުލީޓުން ބައިވެރިވެފައިވެއެވެ. މިއީ އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ.

ތުލުސްދޫގައި ކުރިއަށްދާ މުބާރާތުގައި ވާދަކޮށް އޭޝިއަން ގޭމްސް 2026 ގެ އަންހެން އަދި ފިރިހެން ސަރފިންގ ކެޓަގަރީން ރާއްޖެ ވަނީ ޖާގަ ކަށަވަރުކޮށްފައެވެ. އަދި މި ޖާގަ ކަށަވަރުކޮށްފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ އެއްވަނަ ދަރަޖައިގައެވެ. ހަމައެއާއެކު ރާއްޖޭގެ ފިރިހެން ޓީމު ވަނީ އޭޝިއާ ބައްރުގެ 4 ވަނަ ހޯދާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *