logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ތިލަފުށީ ފަޅުގައި އަޅާފައި ހުރި އުޅަނދުތަކެއް ނެގުމަށް އަންގައި އެޗްޑީސީން އިއުލާނެއްކޮށްފި

ތިލަފުށީ ފަޅުގެ ބައެއް ހިސާބުތަކުގައި އަޅާފައި ހުރި އުޅަނދުތަކެއް ނެގުމަށް އެޗްޑީސީން މިއަދު އިޢުލާނު ކޮށްފިއެވެ.

އެޗް ޑީސީން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ ތިލަފުށީގައި ހިއްކާފައިވާ ބައެއް ސަރަހައްދުތަކުގައި ހިއްކުމަށްފަހު ސްލޯޕިންގެ މަސައްކަތް ކުރަމުންދާތީ އެސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިހުރި އުޅަނދުތައް މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ނެގުމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ އުޅަނދުތައް ނުނަގައިފިނަމަ އެ ކޯޕަރޭޝަނުން އާއްމުކޮށްފައިވާ "ކ.ތިލަފުށި އަދި ކ.ގުޅީފަޅު ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއިމެދު އަމަލުކުރުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރާނެ ކަމަށެވެ.

އުޅަނދުފަހަރު ނަގަން އަންގާފައިވާ ސަރަހައްދު:

އަދި އުޅަނދު ފަހަރު ނެގުމާ ގުޅޭގޮތުން އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް އެ ކޯޕަރޭޝަނުގެ ނަންބަރު 1516 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެކަމަށްވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ