logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

900 އަށްވުރެ ގިނަ ކޮންޓޭނަރު ހޭންޑްލްކޮށް އެމްޕީއެލްއިން ރެކޯޑެއް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް( އެމްޕީއެލް) އިން ރެކޯޑް އަދަދެއްގެ ކޮންޓޭނަރު ހެންޑަލްކޮށްފި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ފޭސްބުކްގައި ވިދާޅުވީ މިއަދަކީ އެމްޕީއެލްގެ ހަޔާތުގައި، ވެސް އެއް ދުވަހަކަށް އެންމެ ގިނަ ކޮންޓެއިނާރ ހޭންޑުލް ކުރެވުނު ތާރީހީ ދުވަސް ކަމަށެވެ.

މިއަދު އެކަނި 934 ކޮންޓެއިނަރަށް ހިދުމަތް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެއީވެސް އެމްޕީއެލްގެ ސަރަހައްދަށް ކުރިމަތިވެފައިވާ ތޮއްޖެހުމާއި އެހެނިހެން ގޮންޖެހުންތަކާވެސްް އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސީއީއޯ ވިދާޅުވީ މީގެ ކުރިން އެންމެ ގިނަ ކޮންޓެއިނަރަށް އެއް ދުވަހަކަށް ހޭންޑުލް ކޮށްފައިވަނީ ވެސް ހަމަ މި ވެރިކަމުގައި ކަމަށާއި އެ ގޮތުން 650 ކޮންޓޭނަރު އެއް ދުވަހުން ހެންޑަލްކުރި ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ