logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ނޭޝަންސް ލީގުގައި ސްވިޒަލޭންޑާއި ސްޕެއިން ބައްދަލުކުރި މެޗު 1-4 އިން ސްޕެއިން ކާމިޔާބުކޮށްފި

ޔޫރަޕާ ނޭޝަންސް ލީގުގައި ސެޕްޓެމްބަރު 8 ވަނަ ދުވަހު ސްވިޒަލޭންޑާއި ސްޕެއިން ބައްދަލުކުރިމެޗް 4-1 އިން ސްޕެއިން ކާމިޔާބުކޮސްފިއެވެ.

މެޗްުގެ 20 ވަނަ މިނެޓް ގައި ސްޕެއިން ޓިމުގެ ރޮބިން ލެ ނޯމަންޑް އަށް ރަތް ކާޑު ދައްކައި ދަންޑުން ފޮނުވާލުމާ ގުޅިގެން  ސްޕެއިން ޓީމު މެޗް ކުރިއަށް ގެންގޮސްފައިވަނީ 10 ކުޅުންތެރިންނާއެކުއެވެ.

ޔޫރޯ 2024 ގެ ޒުވާން މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލަމިން ޔަމާލް ފުރަތަމަ ދެ ލަނޑުގައި ވެސް މުހިއްމު ދައުރެއް އަދާކުރި އިރު، ނިކޯ ވިލިއަމްސްގެ ގޯލަށް ފަހު ރުއިޒް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ޖޯސެލޫ އާއި ފަބިއަން ރުއިޒް ގެ ގޯލުން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، ލެ ނޯމަންޑު ސްވިޒަލޭންޑުގެ ބްރީލް އެމްބޮލޯ އަށް ކުރި ފައުލާއެކު ގޯލަށް ނުރައްކާ ކުރަންފެށިއެވެ. ނަތީޖާއެއްގެ ގޮތުން ވިއްސާރައިގެ ތެރޭގައި ސްވިޒަލޭންޑްގެ ޒެކީ އަމްދޫނީ ވަނީ މެޗުގެ ހާފު ނިމުމުގެ ކުޑައިރުކޮޅެއް ކުރިން ސްވިޒަލޭންޑަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ.

ދެ ވަނަ ހާފުގެ ފަހުކޮޅު ސްވިޒަލޭންޑުން ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކުރަމުން ދަނިކޮށް، ކައުންޓާ އެޓޭކްތަކުން ސްޕެއިނުން ޖެހިޖެހިގެން އިތުރު ދެ ލަނޑު ޖެހިއިރު، ރުއިޒް ވަނީ އޭނާގެ ދެ ވަނަ ގޯލު ހިފަހައްޓައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފެރާން ޓޮރޭޒް އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.
ގްރޫޕްގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު ޑެންމާކް އޮތީ ރޭ ކުޅުނު މެޗު 2-0 އިން ސާބިއާ ބަލިކޮށްގެންނެވެ. ދެ ވަނައިގައި އޮތް ސްޕެއިން އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އެއް ޕޮއިންޓާ އެކު ސާބިއާ އަދި ޕޮއިންޓެއް ނުލިބި ސްވިޒަލޭންޑް އޮތީ އެންމެ ފުލުގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *