logo minivan

English

ހޮނިހިރު, 21 ސެޕްޓެމްބަރ 2024

އދ ގެ ސަލާމަތީ މަޖިލީހުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސްއަކު ތަޤުރީރުކުރައްވަނީ

އދ ގެ ސަލާމަތީ މަޖިލީހުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ،މުޙައްމަދު މުއިއްޒު ތަޤްރީރުކުރައްވަން ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

އެކަން ހާމަކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ތެރއިން ބާއްވާ ޔޫއެން ސެކިއުރިޓީ ކައުންސިލް ޑިބޭޓް ބަހުސްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހީނާ ވިދާޅުވީ އެ ދަތުރު ފުޅުގެ ތެރެއިން އދ ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްްވުމަށް ހަމަޖެހިފައިވާ  ސަމިޓް އޮފް ދަ ފިއުޗަރގައިވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، އަދި ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާވެސް ބައްދަލުކުރެއްވުމާއި އދ ގެ ސަލާމަތީ މަޖިލީހުގެ ހާއްސަ އޯޕެން ޑިބޭޓެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާކަމަށެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީ އޮންނާނީ ސެޕްޓެމްބަރު 24 ސެޕްޓެމްބަރު 30 ގެ ނިއަލަށެވެ. އަދި ސަމިޓް އޮފް ދަ ފިއުޗަރ އޮންނަނީ ސެޕްޓެމްބަރު 22 އިން 23 ގެ ނިއަލަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *