logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއި ބައްދަލު ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލު ކުރައްވައިފިއެވެ.

އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި  ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލު ކުރެއްވުމަށްފަހު މީޑިއާއަށް ރައީސް ޑރ.މުއިއްޒު ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައިވަނީ ރާއްޖެއަކީ އަބަދުވެސް ފަލަސްތީނާއެކުގައި އޮތް ގައުމެއް ކަމަށާއި، ކޮންމެ ދިވެހި ދަރިއަކު ވެސް ފަލަސްތީނަށް ދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ދެއްވާނެކަމަށާއި، ކޮންމެ ތަނެއްގައި ވެސް ރާއްޖެ އިން އަޑު އުފުލާނީ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބަސްދީގައިތުމުގައި އިތުރަށް ރައީސް ވިދާޅުވީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ އެކުގައި ބޭއްވެވި ބައްދަލުވުމުގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންގެންދާ ކުށްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށާއި، ދިވެހިން މީގެކުރިން ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބި ފަދަ އިން ކުރިއަށް އޮތް މުސްތަގްބަލުގައި ވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބޭނެކަމުގެ ކަމުގެ ޔަގީންކަން ދެއްވައި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކޮށްދެވެން އޮތް ކަންކަން ފުރިހަމަކޮށް ދިނުމުގައި ސާބިތުކަމާއެކުގައި ތިބި ކަމަށްވެސް ދެންނެވިކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *