logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

މާފުށީ ޖަލުގައި ހުރި ގައިދީއަކު މަރުވެއްޖެ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ގައިދީއަކު މަރުވެއްޖެއެވެ.

މަރުވެފައި ވަނީ ގ. އެއްތެޔޮމާގޭ އުމުރުން 62 އަހަރުގެ އަބްދުލް އަނީ އިސްމާއީލް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން މައުލޫމާތުދީފައިވެއެެވެ.

ކަރެކްޝަންސްއިން ބުނީ، މިއަދު ހެނދުނު 6:52 ގައި އަބްދުލް ޣަނީ އިސްމާއީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ ވަނީ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި، ޑޮކްޓަރު ވަނީ 7:21 ގައި އަބްދުލް ޣަނީ އިސްމާއީލް ނިޔާވެފައިވާކަމަށް ކަނޑައަޅާފައި ކަމަށެވެ.

އޭނާއަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށްވެސް  ކަރެކްޝަންސް އިން ބުންޏެވެ.

ކަރެކްޝަންސް އިން ބުނީ އަބްދުލް ޣަނީ އިސްމާޢީލް ނިޔާވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާނެ ކަމަށެވެ.

އަދި މިކަން އެމްސީއެސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑް އިން ތަހުގީގުކުރަން ފަށާފައިވާ ކަމަށް ވެސް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ