logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ނަސްރުﷲ އަވަހާރަކޮށްލަން އަމުރުކުރިން ކަމަށް ނަތަންޔާހޫ ބުނެފި

ހޮޒްބުﷲ ގެ ލީޑަރ ހަސަން ނަސްރުﷲ މަރާލަން އަމުރުކުރީ ނަތަންޔާހޫކަމަށް އޭނާ އަމިއަލްއަށް ބުނެފިއެވެ.

އެކަން ހާމަކޮސް ނަތަންޔާހޫ ބުނެފައިވަނީ ނަސްރުالله މަރާލަން އަމުރު ކުރީ ނަސްރުﷲ ދުނިޔޭގައި ހުރެއްޖެނަމަ ހިޒްބުﷲ އަލުން ވަރުގަދަކުރާނެތީ ކަމަށާއި، ހިޒްބުﷲ އިން އެމެރިކާއާއި ފަރަންސޭސި ރައްޔިތުން ހިމެނޭގޮތަށް އެތައް ރައްޔިތުންނެއް މަރާފައިވާތީ ކަމަށެވެ.

ހިޒްބުﷲ ގެ ލީޑަރު އަވަހާރަކޮށްލުމަށްފަހު ހަމާސްގެ ލީޑަރ ޔަހްޔާ ސިމްވާރ އަށް އިޝާރަތްކުރައްވައި ނަތަންޔާހޫ ބުނެފައިވަނީ ހަމާސް ހިމާޔަތްކުރަން ދެން ހިޒްބުﷲ ނާންނާނެ ކަމަށާއި ހަމާސްގެ ލީޑަރ ވެސް ޝަހީދުކޮށްލާނެ ކަމަށެވެ.

ފާއިތުވި ހަފްތާގައިވެސް ހަމާސްގެ ލީޑަރ ސިމްވާރ އަވަހާރަކޮށްލަން އިސްރާއިލުން މަސައްކަތްކޮސްފައިވެއެވެ.

އެހެންކަމުން ކުރިއަށް އޮތް ދުވަސަތަކުގައި އިސްރާއިލުން އެ މަސައްކަތް އިތުރަށް ފުޅާކުރާނެ ކަމަށް ބެލެވެއެވެ.

އިސްރާއީލުގެ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކުގެ ރައްޔިތުން ނިކުމެފައިވީނަމަވެސް ބާރުގަދަ ގައުމު ތަކެއްގެ ސަރުކާރުތަކުން އެގައުމަށް ދަނީ ވާގިވެރިވަމުންނެވެ،

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ