logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ދަނޑުވެރިކަމަށް ހާއްސަކޮށް އުފެއްދި އެގްރި-ބޯޓް އިފްތިތާހުކޮށްފި

ދަނޑުވެރިކަމަށް ހާއްސަކޮށް އުފެއްދި އެގްރި-ބޯޓް އިފްތިތާހުކޮށްފި އެވެ.

އެގްރި ބޯޓު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އިއްޔެ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ. އެގްރި-ޞޯޓަކީ ޖަޕާން ސަރުކާރާ ޔޫއެންޑީޕީގެ ޕީޑީއެސްއޭއީގެ ދަށުން ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި އުފައްދާފައިވާ ބޯޓެކެވެ.

އެގްރި-ބޯޓް ފަރުމާކޮށްފައިވަނީ ދިވެހި ފުލުހުންގެ މެރިން ފުލުހުންގެ ފަރާތުންނެވެ. އެގްރި-ބޯޓް ބަނުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނައަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.

އެ ބޯޓް ފަރުމާކުރެވިފައިވަނީ އިއާދަކުރަނިވި ހަކަތައިންވެސް ބޯޓުގައި އުފުލާ ތަރުކާރީއާއި މޭވާގެ ތާޒާކަން ދެމެހެެއްޓޭނެ ނިޒާމެއްގެ ދަށުންކަމަށް ޔޫއެންޑީޕީން ވަނީބުނެފައެވެ. އަދި ބޯޓުގައި މަސައްކަތްކުރާ މީހުންނަށް ހާއްސަ ކޮޓަރިތަކާއެކު ފަރުމާކޮށްފައިވާ ބޯޓުގެ ސަބަބުން ރާއްޖޭގެ ދަނދުވެރިން ހައްދާ ތަކެތި ތާޒާ ކަމައާއެކު މާކެޓް ތަކާ ހިސާބަށް ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ ބަދަލެއް އެ ބޯޓުގެ ސަބަބުން އަންނާނެކަމަށްވެސް ޔޫއެންޑީޕީ އިން ވަނީ ބުނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ