logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ބްރިޖް ހައިވޭގައި ކުޑަ ކުއްޖަކު ލައްވާ ސައިކަލް ދުއްވި މައްސަލާގައި ފިޔަވަޅު އަޅަނީ

މާލެ ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ކުޑަކުއްޖަކަށް ކޮންޓްރޯލްދީގެން ސައިކަލް ދުއްވި މައްސަލާގައި ފިޔަވަޅު އަޅަން ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ރޭ މީޑިއާތަކަށް ފޮނުވި މައްސަލާގައި ފުލުހުން ބުނީ އެ މައްސަލާގައި ހިމެނޭ މީހާ ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. އަދި ގަސްތުގައި ކުޑަކުއްޖަކު ނުރައްކަލަކަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ފިޔަވަޅު އަޅަން ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ ޓްރެފިކްގެ ގާނޫނާ ހިލާފުވި މައްސަލާގައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ ސައިކަލުގެ ކުރީގައި ބައިދާފައި އިން ކުޑަ ފިރިހެން ކުއްޖަކު ސައިކަލުގެ މުއްގަނޑުގައި ދެ އަތުން ހިފައިގެން އިން މަންޒަރެވެ. ބެލްޓެއް އަޅުވާފައިބައިދާފައިއިން އެ ކުއްޖާއާއެކު އިން ފިރެހެން މީހާގެ ކަނާތް އަމިއްލަ ފައިގެ މަތީގައި ބާއްވާލައިގެން ހަމަޖެހިގެން އިންއިރު، އޭނާ ހިފައިގެން އިނީ ވާތު ފަރާތުން މުއްގަނޑުގައި އެކަންޏެވެ. އަދި ކަނާއަތުން މުއްގަނޑުގައި ހިފައިގެން އިނީ އެ ކުޑަކުއްޖާއެވެ. ދޭތެރެއަކުން މުއްގަނޑުގައި ހިފާ އަނބުރާލާ މަންޒަރުވެސް ވީޑިއޯއިން ފެނެ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *