logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

އައިޕީޔޫގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް އާއެކު މަޖިލީހުގެ ވަފްދެއް ޖެނީވާއަށް ފުރާވަޑައިގެންފި

އިންޓަރ ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 149 ވަނަ އެސްމެބްލީގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އާއެކު މަޖިލީހުގެ ވަފްދެއް ސްވިޒަލޭންޑްގެ ޖެނީވާ އަށް ފުރާވަޑައިގެންފި އެވެ.

ސްވިޒަލެންޑުގެ ޖެނިވާގައި މި މަހުގެ 17 ގެ ނިއަލަށް ކުރިއަށްދާ އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ އެސެމްބްލީގައި ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ފަރާތުން ވަފްދެއް ވަނީ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައެވެ.

އެ ގޮތުން ރާއްޖެއިން ބައިވެރިވެ ވަޑައިގަންނަވާ ވަފްދުގައި މަޖިލީހުގެ ރައީސްގެ އިތުރުން ހިމެނިވަދައިގަންނަވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އާއި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު އާއި، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް އާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *